ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި އަލަށް އިމާރާތް ކުރާ މި އިމާރާތުގެ ބިންގާއަޅާފައިވަނީ އެކަމަށް ހާއްސަކޮށްގެން ވާދޫގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
އެގޮތުން މި ހަފްލާގައި އެ އިމާރާތުގެ ބިންގާ ރަސްމީކޮށް އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދުއަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ކަމަށް ފެނެކައިން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބޭގޮތުގައި ވާދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތް އެޅުމަށް ހަމަޖައްސާފައިވަނީ ރަށުގައި މީހުން ދިރިއުޅޭހިސާބާއި ދުރުގައެވެ.