ads
ފިއްލަދޫ އިން ފެނުނު މަސްތުވާތަކެތި-
ލެއްގި މަސްތުވާތަކެއްޗާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ ސާޗް އޮޕަރޭޝަނެއް އުތުރުގައި
ހއ އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓުތަކެއް ލެއްގުމާއި ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި ސާޗް އޮޕަރޭޝަނެއް ފަށައިފި އެވެ.

އެގޮތުން މި ސާޗް އޮޕަރޭޝަނަށް ހާއްސަކޮށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް މާދަމާ ހއ. އަތޮޅަށް ދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މިހާތަނަށް ފިއްލަދޫ އަދި ވަށަފަރުގެ ކައުންސިލުން ވަނީ އެ ދެ ރަށަށް މަސްތުވާތަކެތި ލައްގާފައިވާ ކަމަށް ބުނެފައެވެ. 

އެގޮތުން ވަށަފަރު ކައުންސިލްގެ މެމްބަރު މުހައްމަދު ޒަކީ ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށަށް ލައްގާފައި ވަނީ ހަތަރު ޕެކެޓް ކަމަށެވެ. އެ އިން ކޮންމެ ޕެކެޓެއްގައި ވެސް ކިލޯއެއް ހުންނާނެކަމަށާއި މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހް ސީއެންއެމްއަށް ވިދާޅުވީ މަސްތުވާތަކެތި ފެނުނީ ރަށުގެ ފާލަން ކައިރިން ކަމަށާއި، އެތަކެތި ފެނުނީ މަހަށް ގޮސްފައި އައި ދޯންޏަކަށް ކަމަށެވެ. އެތަކެތި ހުރީ ވަރަށް ރަނގަޅަށް ބަނދުކޮށްފައި ކަމަށާއި، އަދި ބަދުކޮށްފައި ހުރީ ރާއްޖޭގައި ބޭނުން ނުކުރާ ބާވަތެއްގެ "ކޮފީ" ޕެކެޓުތަކެއްގެ ތެރެއަށް ލާފައި، ގޯންޏެއްގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުންގެ ޓީމެއް ހއ. އަތޮޅަށް ދާކަމަށާއި، ފުލުހުންނާއި ސިފައިން ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމުގެ މައުލޫމާތު ނޫން އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް އާންމު ކޮށްފައި ނުވެއެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް