ads
އެމްޖޭ5 އާއި ބީޓީއެސް--
އެމްޖޭ5 އަށް "ބީޓީއެސް" ކޮޕީކުރާކަމުގެ ތުހުމަތު!
އިންޑިއާގެ މަޝްހޫރު ޑާންސް ގްރޫޕް އެމްޖޭ5 އިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު އަނބުރާ ދިޔަ ގޮތަށް ވަނީ، މި ރާއްޖޭގައި ކުޅުނު ވީޑިއޯ ލަވައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.

ކިހާ މޯލްޑިވްސް އައިލެންޑް ރިސޯޓުގަ އި އެ ގްރޫޕުގެ ފަސް މެމްބަރުން ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ގޮސް، އެ ލަވަ ރިލީޒް ކުރީ މިިދިޔަ ހަފްތާގަ އެވެ. އެގޮތުން ރިސޯޓުގެ ހިތްގައިމު ރީތިކަން ފެންނަ ގޮތަށް ކުޅެފައިވާ މި ލަވައިގެ ނަމަކީ "ބަވާލް" އެވެ. މީގެ ހަފްތާއެއް ކުރިން ނެރުނު މި ލަވައަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ލިބިފައިވެ އެވެ. 

ލަވައަށް ކިތަންމެ ތަރުހީބު ބޮޑަށް މި ލަވައަށް ލިބިފައިވާ ބައެއް ކޮމެންޓްތަކަށް ބަލާލާނަމެވެ. އެގޮތުން ގިނަ ބަޔަކު ސިފަ ކުރީ އެ ލަވަ ބަލައިގެން "ބީޓީއެސް" ގެ ފީލްއެއް އަންނަ ކަމަށެވެ. 

ބީޓީއެސްއޭ ބުނުމުން އިތުރު ތައާރަފެއް ބޭނުން ނުވާނެކަން ޔަގީނެވެ. ޒުވާނުންގެ މެދުގައި މަގްބޫލު ކޭ-ޕޮޕް ބޭންޑް "ބީޓީއެސް" އަކީ މި ރާއްޖޭގައި ވެސް މަގްބޫލު ބޭންޑެކެވެ. 

އެގޮތުން އެމްޖޭ5 ގެ މި "ބަވާލްް" ބެލުމަށް ފަހު ބައެއް މީހުން ވަނީ ބީޓީއެސް ކޮޕީކުރަން މަަސައްކަތްކުރަނީތޯ ވެސް ސުވާލުކޮށްފަ އެވެ. މުޅި ލަވަައިގައި ބީޓީއެސްގެ ލަވަތަކުގައި ހުންނަ ގޮތަށް ރާގުގަނޑު ހުރުމުން ވެސް ފާޑުކިޔެވެ، 

އެކަމަކު އެމީހުންގެ ސަޕޯޓަރުން ވަނީ އެއީ ކޮޕީކުރުން ނޫން ކަމަށް ބުނެފަ އެވެ. ކޮންމެއަކަސް، ލަވައަށް ބޮޑު ތަރުހީބެއް ލިބި، އެ ގްރޫޕް އޮތީ އުފަލުން ފޮޅިފަ އެވެ. 

ޑާންސް ކުރޫއެއްގެ ގޮތުގައި މަަސައްކަތްކުރި "އެމްޖޭ5" އަކީ އިންޑިއާގެ ފުރަތަމަ ބޯއީ ބޭންޑް ވެސް މެ އެވެ. 

އެމީހުންގެ ފުރަތަމަ ލަވަ ރިލީޒްކޮށްފައިވާއިރު މި ލަވަ ކިޔާފައި ވަނީ ވެސް ކާތިކް އާއި ރޯހިތު އަދި ޑެނިސް އެވެ. މިއީ ހުސް އެ ގްރޫޕުގެ މެމްބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް