ads
އަނުޝްކާ، އޭނާގެ ދަރިފުޅު ގޮވައިގެން އެއާޕޯޓްގައި--
މިފަހަރު އަނުޝްކާ އާއި ދަރިފުޅުގެ ފޮޓޯ އާންމުކުރީ ސަޕޯޓަރުން!
އިންޑިއާގެ ކްރިކެޓް ޓީމް ކެޕްޓަން ވިރާޓް ކޯލީ އާއި އޭނާގެ އަންހެނުން އަނުޝްކާ ޝަރްމާ، އެމީހުންގެ ދަރިފުޅު ވަމިކާ އާއެކު ޕޫނޭ އެއާޕޯޓުން ނިކުތް މަންޒަރު މިފަހަރު ފެނުނީ ޕަޕަރާޒީންނަކަށް ނޫނެވެ. މިފަހަރު އެމީހުންނަށް އަމާޒުވީ ސަޕޯޓަރުންގެ ފޯނުގެ ކެމެރާތަކެވެ.

އެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފޮޓޯ އިން ފެންނަނީ އަނުޝްކާ ދަރިފުޅު އުރައިގެން ހުއްޓަ އެވެ. އަދި ވިރާޓް ދަރިފުޅުގެ ދަބަސްތައް ހިފަހައްޓައިގެން ހުންނަ މަންޒަރު ފެނިގެންދެ އެވެ. 

އަނުޝްކާ އާއި ވިރާޓަށް އަލަތު ދަރިފުޅު މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ލިބިފައިވާއިރު މިހާތަނަށް އެކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް އެ ދެމަފިރިން ވެސް އާންމެއް ނުކުރެ އެވެ. އެކަމަކު ކުއްޖާ މޫނު ނުފެނުނަސް ކުއްޖާގެ ފޮޓޯ، ސޯޝަލް މީޑިއާއަށް އަނުޝްކާ ވެސް ހިއްސާކޮށްފައިވެ އެވެ.

ދަރިފުޅު ވިހޭ ހަބަރާއެކު ހަދިޔާއަކާއެކު ޕަޕަރާޒީންނަށް ވިރާޓް ފޮނުވި ނޯޓުގައި ވަނީ ދަރިފުޅުގެ ޕްރައިވެސީ ހިފެހެއްޓުމުގެ ގޮތުން އެކުއްޖާގެ ފޮޓޯ ނުނެގުމަށް ވެސް އެދިފަ އެވެ. އަދި ދަރިފުޅު ގޮވައިގެން ބޭރަށް އެހާ ގިނައިން ނިކުމެ ނުހަދާތީ އެހާ ފޮޓޯއެއް ވެސް އާންމެއް ނުވެ އެވެ. 

ބެލެވޭ ގޮތުގައި އަނުޝްކާ ދަރިފުޅާއެކު ނިކުމެފައި އެ ވަނީ ވިރާޓް ކުޅޭ ކްރިކެޓް މެޗެއް ބެލުމަށްޓަކަ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް