
އެގޮތަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކައިން ޝަރޫއަށް ދިން 17.8 މިލިއަން ރުފިޔާ ދެއްކި ނަމަވެސް، އެ ޗެކް ވަނީ ބައުންސްވެފަ އެވެ. އެ ފައިސާ ހޯދުމަށް ފެނަކައިގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ އެކުންފުންޏާއި އަދި ޑިރެކްޓަރުގެ މައްޗަށެވެ. އަދި އެ ސިވިލް ކޯޓުން ވަނީ 2017 ވަނަ އަހަރު އެ މައްސަލައާ ގުޅިގެން ޝަރޫގެ ޑިރެކްޓަރުން އެކަމަށް ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.
މިހެންވެ ފެނަކަގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރީ އެޗެކުތަކުގައިވާ ތާރީހުތަކުގައި ބޭންކަން އެޗެކްތައް ހުށަހެޅުމުން އެޗެކްތަކުގައިވާ އަދަދަށް ޑޮލަރުން ފައިސާ ލިބިފައިނުވުމާއި ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗަށް އެންގުމުން އެފައިސާ ދައްކާފައި ނުވާތީ އެވެ. އަދި ދެ ފަރާތުގެ އެއްބަސްވުން ބާތިލްކޮށްދިނުމަށާއި ފެނަކަ ކޯޕަރޭޝަނުން ޝަރޫ ލޯންޗަށް ޑޮލަރު ގަތުމަށް ދައްކާފައިވާ 17.8 މިލިއަން ރުފިޔާ ހޯދައިދިނުމުގެ އިތުރުން ޝަރޫ ލޯންޗް ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަ ގޮތުގައި ބޭ ނުންކޮށްފައިވާތީ އެކުންފުނީގެ ޑިރެކްޓަރުން ކަމުގައިވާ ދަފްތަރު ނަންބަރު 3323 ،މުޙައްމަ ދު މުޝްތާގު އާއި، ބ.ތުޅާދޫ/ ކަންމަތީގެ، ސޮބާހް އަހްމަދު އާއި، ސ.މަރަދޫފޭދޫ/ ރެޑްކްރޮސްގެ، ޝަރުމީލާ ޒުބައިރު ފަރުދީ ގޮތުން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޝަރޫއަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏެއް ކަމަށާއި މި މައްސަލައިގައި ހިމެނޭ މުޢާމަލާތަކީ ޤާނޫނީ ގޮތުން ހުއްދަނޫން މުޢާމަލާތެއް ކަމުގައިވު މަކީ ފެނަކަ ކޯޕަރޭޝަނުން ޝަރޫ ލޯންޗަށް ދީފައިވާ ފައިސާ އަނބުރާ ރައްދުކުރަން ނުޖެހޭނެ ސަބަބެއް ނޫން ކަމަށް އޭގައި ބުނެ އެވެ.
ފެނަކަ ކޯޕަރޭޝަނާއި ޝަރޫ ލޯންޗާ ދެމެދު ޑޮލަރު ގަނެވިއްކުމަށް ކުރެވުނު މުއާމަލާތުގައި އެކުންފުނީގެ ޑިރެކްޓަރުން ޒިންމާވާން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ނިމުނު ގޮތުގެ ރިޕޯޓުގައި ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމުގައި ކަނޑައަޅައި،އެ މައްސަލައިގައި ޝަރޫ ލޯންޗުން ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަނެދިނުމަށް އެއްބަސްވެ އެޢަދަދަށް ދިވެހި ފައިސާ ނަގައި އެއްބަސްވެފައިވާ ގޮތުގެމަތިން ޑޮލަރު ވިއްކާފައި ނުވުމާއި އަދި ޑޮލަރު ގަތުމަށް ދިން ދިވެހި ރުފިޔާ ވެސް ފެނަކައަށް އަނބުރާ ރައްދުކޮށްފައި ނުވާތީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނަށް ރިއާޔަތްކޮށް އެ މުއާމަލާތުގައި ޝަރޫ ލޯންޗް ކުންފުންޏާއި އެކުންފުނީގެ ހިއްސާދާރުންނާ ދެމެދު ވެފައިވާ ފަރުދާ ނަގައި އެކުންފުނީގެ ޑިރެކްޓަރުން ފަރުދީ ހައިސިއްޔަތުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ވެ އެވެ.
އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް ދޭންޖެހޭ ވަރު، ފެނަކައަށް ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ.