ads
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މައިމޫނާގެ ބާރެއް ނެތް، އެޗްޕީއޭ ހިސޯރުކުރީ އައިޖީއެމްއެޗްގެ ޓެގް ޓީމުން: ބޮންޑޭ
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރުގެ އެއްވެސް ބާރެއް ނެތް ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހިސޯރުކޮށްފައި ވަނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
Advertisement

އެޗްޕީއޭގެ ފިޔަވަޅުތަކާއި ގުޅިގެން ކެފޭ ރެސްޓޯރަންޓުތަކަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް އެދި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެންމެ ބޮޑު ޝަކުވާއެއް ލިބެމުންދަނީ ހަވީރު 6:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކުރުމުން، ބަހަށް އަރައި ތޮއްޖެހިގެން އެހެން ތަންތަނަށްދާން މަޖުބޫރުކުރުން ކަމަށެވެ. 

އެޗްޕީއޭ އިން އަޅާ ފިޔަވަޅުތަކަކީ އާންމު އިންސާނެއްގެ ހަމަ ބުއްދި ގަބޫލުކުރާ ގޮތަށް އަޅާ ފިޔަވަޅުތަކަށް ވާންޖެހޭކަމަށާއި އެކަމަކު ވަރަށް ދޯހަޅި ކަންކަން ކުރަމުން އަންނަ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި އެކަމުގައި އެޗްޕީއޭގެ އިސްވެރިންގެ އިހުމާލުވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ އިދާރާއަކުން ނޫން މިކަން ކުރަމުންދަނީކީއެއް. އެޗްޕީއޭގެ މައިމޫނާ އަބޫބަކުރުގެ ބާރެއް ނެތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަދި އެ އިދާރާގައި ތިއްބެވި ޑޮކްޓަރުން ވެސް އެކްސްޕާޓުންގެ ލަފާވެސް އަދި ހާއްސަކޮށް އެ އިދާރާގައި ހުންނަ ވަކީލު، ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން އައްޔަންކޮށްފަވާ ބޭފުޅެއް. އެ ބާރެއް ވެސް ނެތް. ހަމައެކަނި މިއީ ޓެގް ޓީމުން ހައިޖެކްކޮށްފައި އޮންނަ އައިޖީއެމްއެޗްގެ ބަޔަކު ހިސޯރުކޮށްގެން މި އުޅެނީ،" ބޮންޑޭ ވިދާޅުވި އެވެ. 

ބޮންޑޭ ވިދާޅުވީ އެ މައްސަލަތައް ދިމާވެފައި ވަނީ އެޗްޕީއޭގެ ބާރެއް ނެތުމުން ކަމަށެވެ. މިއަދު 12:30 ގައި އިގްތިސޯދީ ކޮމިޓީގައި އޮތް ބައްދަލުވުމަށް އެޗްޕީއޭގެ އިސްވެރިން ހާޒިރުކުރާނެކަން ފާހަގަކުރައްވަމުން ބޮންޑޭ ވިދާޅުވީ މާލީ މަންފާއެއް ހޯދުމަށް ޓެގުން އެޗްޕީއޭ ހިސޯރުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ނިމުމެއް ގެންނަން ޖެހޭ ކަަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ބޮންޑޭ ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް