ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު ސީއެންއެމްއަށް ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާއަކީ ނޭވާލުމުގައި މައްސަލަ ހުންނަ މީހެއް ކަމަށާއި ހިތުގެ މައްސަލަތަކެއް ވެސް ހުންނަ ކަމަށް އީސާ ވިދާޅުވި އެވެ.
މިހާރު އެރަށުން ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 11 މީހުން ދެނެގަނެވިފައިވާ ކަމަށާއި އެމީހުން ވަނީ ތިން ގެއަކު ކަރަންޓީނުކޮށްފައި ކަމަށް ވިދާޅުވި އެވެ.
އަދި މިއަދު 12:30 ގައި ހުރާއަށް އަރާއި ފޭބުން ވަނީ މަނާކޮށްފައި ކަމަށާއި މިރޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އީސާ މައުލޫމާތު ދެއްވި އެވެ.