ads
ދިވެއްސެއްގެ އައިޑީކާޑު: ފޮޓޯ ދަ ޕްރެސްއެމްވީ
އިންތިހާބާ ދިމާކޮށް އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން ކާޑު ހެދުން މެދުކަނޑާލަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލަން ނިންމައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލަން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު އާކުރުން މެދުކަނޑާލަން ނިންމީ އިންތިހާބަށް ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް ކަމަށެވެ. އެހެންވެ، މިމަހުގެ 15 ގެ ކުރިން އައިޑީކާޑު އާކުރަން ޑީއެންއާރުން އެދެ އެވެ.

ޑީއެންއާރުން އިތުރަށް ބުނީ އެ ނިންމުމަކީ ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ގެއްލި ނުދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

އޭގެ އިތުރުން އެ ނިންމުން ނިންމި ނަމަވެސް އިންތިހާބުގެ ފަހުން ކުރިއެކޭ ވެސް އެއްގޮތަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ ވެސް މައުލޫމާތު ބަދަލުކޮށް އައިޑީކާޑު ހަދައިދެވޭނެ ކަމަށް ވެސް ބުނެ އެވެ.

ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް