ads
ފުލުހުން އަތުލައިގަތް ދޯނިން ފެނުނު މިޔަރު އުރަހަތަކެއް -- ފޮޓޯ: ޕޮލިސް
މިޔަރުގެ މަސްވެރިކަން ކުރަމުން އައި ދޯންޏެއް އަތުލައިގެންފި
އދ. މަންދޫ ކައިރީގައި މިޔަރުގެ މަސްވެރިކަން ކުރަމުން އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަންދޫ ކައިރީގައި ބަޔަކު މިޔަރުގެ މަސްވެރިކަން ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:30 ހާއިރު އެވެ.

މި މައުލޫމާތާއި ގުޅިގެން އދ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މަސައްކަތުން އެ ދޯނި ލޮކޭޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް އެ ދޯނި ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެގޮތުން މި ދޯނި ހުއްޓުވާފައިވަނީ މާވަރު ފަޅުކައިރިން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި ދޯނި ހުއްޓުވީ ހަތަރު މީހުންނާއެކު މިޔަރުގެ މަސްވެރިކަން ކުރަމުން އަންނަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި ދޯނި ބަލާފާސްކުރި އިރު، ދޯނީގެ ތެރެއިން މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް