ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ބާއްވާ 15 ވަނަ އޯއައިސީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ. މި ބައްދަލުވުމުގައި 57 ގައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ގެމްބިއާގައި ބާއްވާ މިފަހަރު ބައްދަލުވުމުގެ މައިގަނޑު ތީމަކީ މަޝްވަރާކުރުމާއިއެކު ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިިވި ތަރައްޤީއަށް މަސައްކަތް ކުރުމެވެ.
އޯއައިސީގެ މި ފަހަރުގެ ސަމިޓްގައި ފަލަސްތީނުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ފަލަސްތީނުގެ މައްސަލާގައި ރާއްޖެ އިން އިއްޔެ ވަނީ އދ. ގައި އެ ގައުމުގެ ހައްގުގައި ވަކާލާތުކޮށްފަ އެވެ.