ads
ރަޝިޔާއިން ވަނީ ޔުކްރޭން ބޯޑަރު ކައިރިއަށް އެއްލައްކަ ސިފައިން ޖަމާ ކޮށްފައި
އެމެރިކާގެ ތުހުމަތެއް؛ ރަޝިޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރޭ
ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް މަނާ ކޮށްފައިވާ ނުރައްކާތެރި ކެމިކަލް ހަތިޔާރުތައް ބޭނުން ކުރަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކޮށްފި އެވެ.
Advertisement

އެމެރިކާއިން ބުނީ, ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމުގައިވާ "ކްލޮރޮޕިކްރިން" ބޭނުން ކުރަމުންދާ ކަމުގައެވެ.

މިހާރު ވެސް ދަނޑުވެރިކަމުގައި ބޭނުން ކުރާ މި ކެމިކަލް ހަނގުރާމައިގައި ބޭނުން ކުރުން މަނާކޮށްފައި ވަނީ 1993 ވަނަ އަހަރު ގާއިމް ކުރި "ކެމިކަލް ވެޕަންސް" މުއާހަދާއާ އެކު އެވެ.

އެމެރިކާގެ ތުހުމަތުތައް ރަޝިޔާއިން ވަނީ މިއަދު ދޮގުކޮށްފަ އެވެ. ރަޝިޔާއިން ބުނީ, އެ ޤައުމުގެ އަސްކަރިއްޔާގައި އެއްވެސް ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ނުހުންނާނެ ކަމުގަ އެވެ. ނަމަވެސް އެމެރިކާއިން ބުނީ, ނުރައްކާތެރި ގޭސްތަކެއް ކަމުގައިވާ ސީއެސް އަދި ސީއެން ހުންނަ ބޮން ވެސް ރަޝިޔާގެ ފައުޖުން ޔޫކްރެއިންގައި ބޭނުން ކުރަމުންދާ ކަމުގަ އެވެ.

އެމެރިކާއިން ބުނާ ގޮތުގައި, ރަޝިޔާއިން ދާދި ފަހުން ނުރައްކާތެރި ކެމިކަލްތަކެއް ބޭނުން ކުރުމާ ގުޅިގެން ޔޫކްރެއިންގެ ސިފައިންގެ 500 މީހަކަށް އަސަރުކޮށް, ފަރުވާ ދޭން ޖެހުނެވެ. އަދި, އޭގެ ތެރެއިން އެކަކު މަރުވި ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ.

ކްލޮރޯޕިސިރިންގެ އިތުރުން ރަޝިޔާއިން "ސީއެސް" އަދި "ސީއެން" ގޭސް އަޅާފައިވާ ބޮން ވެސް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއާ ހަވާލަދީ ރޮއިޓާސް އިން ވަނީ މިދިޔަ މަހު ރިޕޯޓުކޮށްފަ އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދެ ފަރާތުން ވެސް ދަނީ, އަނެއް ޤައުމުން ކެމިކަލް ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ކެމިކަލް ހަތިޔާރު ބޭނުން ކުރުން މަނާ ކުރާ ޖަމުޢިއްޔާ (އޯޕީސީޑަބްލިޔު)ން ބުނީ, ރަޝިޔާ ސިފައިން 2022ވަނަ އަހަރު ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް