ads
މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެޗްޕީއޭ ކުށްވެރި ކުރަނީ އިނތިހާބާއި ދިމާކޮށް ހާލަތު ބަދަލުކުރުމަށް: ސައީދު
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ކުށްވެރިކޮށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން މައްސަލަ ހުށަހަޅުއްވަނީ އިންތިހާބާއި ދިމާކޮށް ހާލަތު ބަދަލުކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ، މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މިއަދު އެޗްޕީއޭގެ އިސްވެރިން ހާޒިރުކުރައްވައި ސުވާލު ކުރެއްވުމާއި ގުޅިގެންނެވެ. 

ސައީދު ވިދާޅުވީ، ސަރުކާރުން އެޗްޕީއޭއަށް ނުފޫޒު ފޯރުވުން ހުއްޓާ ނުލާކަމަށާއި، އެކަން އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެޗްޕީއޭ ކުށްވެރިކޮށް ސަރުކާރުގެ މެމްބަރުން މައްސަލަތައް ހުށަހަޅުއްވަމުން ގެންދަވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ހާލަތު ބަދަލުކޮށްލުމުގެ ބޭނުމުގައި ކަމަށްވެސް ސައީދު ވިދަޅުވި އެވެ. 

ސައީދު މިހެން ވިދާޅުވީރު، ސައީދުވެސް މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަ އެވެ. އަދި ސައީދުވެސް ވަނީ އެޗްޕީއޭގެ ބައެއް އުސޫލުތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރައްވާފަ އެވެ. 

ސައީދުގެ އިތުރުން އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވާ ބައެއް މެމްބަރުން އަންނަނީ އެޗްޕީއޭއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި، އަދި މިހާރު އެޗްޕީއޭ ކުށްވެރިކުރަނީ އިންތިހާބަށް "ސްޓަންޓެއް" ޖެއްސުމުގެ ގޮތުން ކަމަށް ތުހުމަތު ކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް