ads
އަނދުން ހުސެއިން--
ހިލޭ ދިން ވެކްސިން ބަލައި ޗައިނާއަށް ދާން ޖެހޭތީ އެމްޕީ ހުސައިން ކަންބޮޑުވުން ފާޅުކޮށްފި
ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް ވެކްސިން ބަލާ އެގައުމަށް ދާންޖެހޭތީ ރައްޔިތުންގެ މަޖިލީޖުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ޓެގް ކުރައްވައި އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސަރުކާރުން ހަދިޔާކުރި ވެކްސިން ބަލާ ޗައިނާ އަށް ދާން ޖެހޭތީ އެކަމާ ހިތާމަކުރާ ކަމަށާއި، އެކަމަށް ފްލައިޓެއް ޗާޓް ކުރަންޖެހޭ ކަމަށެވެ. އަދި ގާތްގަނޑަކަށް އެއްލައްކަ (100،000) އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ޗައިނާއިން ހަދިޔާކުރި ސިނަފޯމް ވެކްސިން ޖެހެނީ ވެކްސިން ބަލާ ޗައިނާއަށް ދާށެވެ. އެހެންކަމުން ދަތި ނަމަވެސް ވެކްސިން ޕްރޮގްރާމް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި އެ ވެކްސިން ޝިޕްމެންޓް ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

މިކަމާއި ގުޅިގެން މިހާތަނަށް ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެފައިވަނީ، ވެކްސިން ފޯރު ކޮށްދިނުމުގައި އެހެން ގައުމުތަކާ ރާއްޖެއާއި ތަފާތު ނުކުރާނެ ކަމަށެވެ. އަދި މި ވެކްސިނަކީ ދިވެހިރާއްޖޭގެ ރައްޔިތުން ކޮވިޑް-19 ގެ ބަލިމަޑު ކަމުން ސަލާމަތްކޮށް ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމުގެ ގޮތުން ދިވެހި ސަރުކާރުން ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރި ވުމުގެ ގޮތުން ހަދިޔާ ކުރާ ވެކްސިނެއް ކަމަށާއި، ބައެއް ރިޕޯޓު ތަކުގައި ޗައިނާއިން ވެދީފައިވާ އެހީ ބަލައި ނުގަނެ މީގެ އަސްލު އޮޅޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް