ސީއެންއެމްއަށް މައުލޫމާތުދެމުން ބުރުނީ ހޮސްޕިޓަލްގެ މެނޭޖާ އައިޝަތު ސާމިލާ ވިދާޅުވީ އެރަށަށް ކުޑަހުވަދޫއިން ދިޔަ 36 މީހުންގެ ސާމްޕަލްނެގި އެ ސާމްޕަލްތަށް ނެގެޓިވްވެފައިވާ ކަމަށެވެ.
އަދި 14 ގޭގައި އެމީހުން ކަރަންޓީނު ވެގެން ހުރި އިރުގައި މިހާރު އެމީހުންވަނީ ރިލީޒްކުރެވިފައި ކަމަށް ވެސް ސާމިލާ ވިދާޅުވި އެވެ.
ދ. ކުޑަހުވަދޫގައި އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުން އަންނަކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިވަނީ އިއްޔެ އެވެ. އަދި އެރަށުން މިހާތަނަށް ވަނީ 21 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ.