
ދުނިޔޭގައި ހުރި އެންމެ ހަގު ބިލިއަނަރުގެ ލަގަބު ކައިލީއަށް ލިބުނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
އިންސްޓަގްރާމު މެދުވެރިކޮށް ކައިލީ ވަނީ އޭނާއަަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީފަ އެވެ. އެގޮތުން މޭކަޕް އާޓިސްޓްގެ މެޑިކަލް ބިލްތައް ނުދައްކައިދޭ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން ކައިލީ ބުނީ ސާމްއަކީ މިހާރު އޭނާގެ މޭކަޕް އާޓިސްޓު ނޫން ކަމަށާއިއެމީހުންގެ މެދުގައި އެއްވެސް ޒާތީ ގުޅުމެއް މިހާރު ނޯންނަ ކަމަށެވެ.
އެކަމަކު މީގެ އަހަރުތަކެއް ކުރިން އޭނާއާއެކު މަސައްކަތް ކުރިކަން ފާހަަގަކޮށް ކައިލީ ބުނީ، އޭނާ އެކްސިޑެންޓްވެގެން އުޅޭ ހަބަރު ލިބުނު ކަމަށާއި އަދި އާއިލާ އިން ވެސް އޭނާއަށް ފަންޑު ހޯދަމުންދާ ހަބަރު ލިބުނު ކަމަށެވެ.
ކައިލީ ބުނީ އޭނާގެ މިހާރުގެ މޭކަޕް އާޓިސްޓް އޭރިއަލްއަށް ގުޅާއި ސާމްއަށްވީ ގޮތް އޮޅުން ފިލުވި ކަމަށެވެ. އަދި ސާމްގެ ސާޖަރީއާ ހޮސްޕިޓަލުގެ އިތުރު ހަރަދުތަކަށް އާއިލާ އިން 10000 ޑޮލަރު ހޯދަމުން އައިކަން އެނގުނު ކަމަށާއި އެެއާއެކު 5000 ޑޮލަރު އޭނާ ހަަދިޔާކުރި ކަމަަށެވެ. އަދި އަވަހަށް ފައިސާ ހޯދުމުގެ ގޮތުން އޭނާ އިންސްޓަގްރާމުގައި ޕޯސްޓް އާންމުކުރީ ހޭލުންތެރިކުރުމުގެ ގޮތުން ކަމަށް ވެސް ބުންޏެވެ.
އެކަމަކު އެހެން ގޮތަކަށް އަޑު ފެތުރިގެން ދިއުމުން ކައިލީ ހުރީ ހިތްހަމަނުޖެހިފަ އެވެ.
ސަމުލްއަށް އަނިޔާވީ ދުއްވަ ދުއްވާ އޮތް އުޅަނދަކުން އޭނާ އެއްލާލުމައި ގުޅިގެންނެވެ. އޭގެ ސަބަބުން އެތެރެ ހައްޓަށް ލޭ އެޅި ސިކުނޑިއަށް ވެސް ގެއްލުންވެފައިވާ ކަމަށްވެ އެވެ.
ކައިލީއަށް މީހުން ފާޑުކިޔާފައި ވަނީ އޭނާގެ މިލްކިއްޔާތުގައި ބިލިއަނަކަށް ވުރެ ގިނަ ފައިސާ ހުރިިއިރު ވެސް މީހެއްގެ މެޑިކަލް ބިލް އެއްކޮށް ނުދައްކައިދިނުމުންނެވެ. އަދި އަގުބޮޑު ޑިޒައިނާ ދަބަސްތަކާއި އިތުރު ސާމާނު ގަންނަންވީމަ ފައިސާ އޮންނަ ކަމަށް ބުނެ އެވެ.
ކައިލީ ބުނީ އޭނާ ކަންކަން ކުރަނީ ވަރަށް ހެޔޮ ހިތުންކަން އޭނާ އެނގޭ މީހަކަށް އެނގޭނެ ކަމަށެވެ. އަދި އެންމެންވެސް ޕޮޒިޓިވްވުކަށް އެދުނެވެ.
————
ކައިލީއަކީ ޒުވާނުންގެ މެދުގައި މަގްބޫލު އާޓިސްޓެކެވެ. އެންމެ ފުރަތަމަ ލިޕްސްޓިކް ވިއްކަމުން ވިޔަފާރީގެ ތެރެއަށް ވަތް ކައިލީ މިހާރު އަންނަނީ ތަފާތު ރީތިވާ ސާމާނު ވިއްކަމުންނެވެ.