ސީއެންއެމްއަށް ގާސިމް ވިދާޅުވީ އެބޭފުޅާ މިހާރު ހުންނެވީ އ.އަތޮޅު ރަށެއްގައި ކަމަށާއި ގޮޅިއެއް ހުޅުވަން އުޅޭ ކަމަށް މީހުން ދައްކަމުންދާ ވާހަކަ އަދި އެއްސެވީ އަލަށް ކަމަށެވެ.
އަދި ވިޔަފާރީގެ ކަންކަން ބޮޑަށް އެނގޭނީ ދަރިފުޅު އިބްރާހިމްއަށް ކަމަށް ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ މަޖީދީ މަގުގައި ޝޮޕިން މޯލް އެއް ހުޅުވަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އެ މޯލްއިން ހުރިހާ އެއްޗެއް އެއްތަނަކުން ލިބިގެންދާނެ ކަމަށް ވެސް ގާސިމް ފާހަގަކުރެއްވި އެވެ.
ގޮޅިއެއް ހުޅުވާ ވާހަކަ މީހުން ދައްކަނީ، ޝޮޕިން މޯލް ހުޅުވަން އުޅޭތީ ޖެއްސުމަށް ދައްކާ ވާހަކައެއް ކަމަށް ވެސް ގާސިމް ވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ ދަނޑު ހައްދާ މީހުންނަށް އެމީހުން އުފައްދާ އުފެއްދުންތައް ހެޔޮ އަގުގައި ވިއްކޭނެ ގޮތެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
މާވެޔޮމަގާ ކައިރިން މަޖީދީމަގަށްވާ ގޮތަށް ވިލާ ކުންފުނިން ހުޅުވާ ފިހާރަ މިހާރުވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ. އެތަނުގައި ނަން ބޯޑު ވެސް މިހާރުވަނީ ހަރުކޮށްފައެވެ.