ads
އަސްލަން——
އައްޑޫގެ ރީތި މާހައުލަށް އަސްތައް ހޭނި ނިމިއްޖެ
ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ އައްޑޫ އަކީ އޭގެ ދެވަނައެއް ނުވާ ހިތްގައިމު ރީތިކަމެއް ލިބިގެންވާ މާހައުލެކެވެ. ގައުމަށް އަންނަ ތަރައްގީއާއިއެކު އެ ފަސްގަނޑުގައި ބީހިނުލާ ހަމަ އެންމެ ތަރައްގީއެއްވެސް ނެތެވެ. ހަނގުރާމަތަކަށް ގަދަފަދަ ކަމަށް މަޝްހޫރުވެފައިވާ “އަސް”ތަކެއް ރާއްޖޭގެ ރަށަކަށް އެންމެ ފުރަތަމަ ގެނެސް އެއުފާ ލިބިގަނެ ތާރީހުގެ ތެރެއަށް ވެދެގެންދިޔަ ރަށަކަށް އައްޑޫ ސިޓީ ވެގެންދިޔުމަކީ އެކަމުގެ ހެއްކެކެވެ.
Advertisement

އައްޑޫއަށް މިމަހުގެ ހަ ވަނަ ދުވަހު އަސްތައް ގެނައީ ސަދަން ސްޓެލިއަންސް ކުންފުނީގެ ފަރާތުންނެވެ. އެ ދުވަސް ވެގެން ދިޔައީ އައްޑޫސިޓީގެ އެތައް ޒުވާނުންނެއްގެ ދިގު އިންތިޒާރެއްގެ ފޮނި ނިމުން ގެނުވި ދުވަހަކަށެވެ. 

ކައިވެނި ހަފްލާތަކަށްވެސް ބޭނުން ކުރެވޭ މި އަސްތަކުގެ ތެރޭގައި ތިން އަހެއް ހިމެނެއެވެ. އެއީ “ޖޯޖިއާ، ސޯފީ އަދި އަސްލަން” އެވެ. އޭގެތެރެއިން ހުދުކުލައިގެ “އަސްލަން”އަށް ގިނަބައެއްގެ ކަޅި ހުއްޓިގެން ދިޔައީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. ބައެއްް ކުދިން ބުނާގޮތުން "ދެން އައްޑޫގެ ޒުވާން ފިރިހެންކުދިން، އެ ހުދު އަހުގައި ނޫނީ އިންނަން އަހަން އަންނަން ހިތަށްވެސް ގެނާނެކަމެއް ނެތެވެ."

ހުދުކުލައިގެ “އަސްލަން" އަންނަނީ އޭގެ ރީތި އާދަތަކުން އައްޑޫ ރައްޔިތުންނާއި ރާއްޖޭގެ ގިނަ ބަޔެއްގެ ވެސް ހިތްތަށް ކަތިލަމުންނެވެ. އަސްލަންގެ ލޯބި ވީޑިއޯތަށް ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މިވަގުތު އެންމެ ގިނަ ފޭނުންވެސް ތިބީ އަސްލަންގެ އެވެ. 

އައްޑޫ ސިޓީއަށް ގެނައި އަސްތައް ބަލާލާއި، އަސްތަކާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ. އެހެންނަމަވެސް އަސްތައް މާހައުލަށް ހޭނުމަށް އިތުރު ވަގުތު ބޭނުންވާތީ އަސްތައް ދުއްވަން އަދި ފުރުސަތު ހުޅުވާ ނުލާއޮތީއެވެ. 

އައްޑޫއަށް އަސްތަށް ގެނައި "ސަދަން ސްޓޭލިއަންސް" ކުންފުނީގެ އަހުމަދު އަގްލީލް (ކިޑް) މިއަދު ބުނެފައިވަނީ "އަސްލަން އަންނަނީ މާހައުލަށް ފުރިހަމައަށް ހޭނެމުން" ކަމަށެވެ. އަސްލަންގެ ހިތްގައިމު ވީޑިއޯއެއް ހިއްސާކުރަމުން މިހެން ކިޑް ބުނެފައިވާއިރު، ވީޑިއޯއިން ފެންނަގޮތުން އަސްލަން ވަނީ މާހައުލަށް ހޭނި، ވަރަށް ބޮޑަށް ހެލިފެލިވާން ފަށާފައެވެ. 

އަސްތައް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އާއި ހަވީރު 16:00 އާއި 18:00 އާ ދެމެދުގަ އެވެ. އެގޮތުން އަސް ބަލަން ވަންނަ ކޮންމެ މީހެއްގެ އަތުން ވެސް ވިހި ރުފިޔާ ނަގާނެ ކަމަށް ބުނެ އެވެ.

މި ފުރުސަތުގައި އައްޑޫގެ ކުދި ބޮޑު ރައްޔިތުން ކޮންމެ ދުވަހަކުވެސް އަސްތަށް ބަލައިލުމަށް އެ ސަރަހައްދަށް ދާއިރު އަސްލަންގެ އިތުރުން ޖޯޖިއާ އަދި ސޯފީ އަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. 

އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް ފިޝަރީޒް މިނިސްޓްރީން ހުއްދަދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް