ads
ސިވިލް ކޯޓުގެ ކުރީގެ ގާޒީ ހަލީމް ---
ސިވިލް ކޯޓުގެ ކުރީގެ ގާޒީ ހަލީމަށް މަނީލޯންޑަރިންގެ ތުހުމަތެއް!
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މަނީ ލޯންޑަރިންނަށް މަގުފަހިވާ ގޮތަށް ކަންކުރާ ކަމަށް ބުނެ، ހަލީމާއެކު ވެފައިވަ އެއްބަސްވުން އުވާލުމަށް އާންމުންގެ މީހަކު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ހަލީމަށް ހަތް އަހަރަށް ކުއްޔަށް ދީފައިވާ އެޕާޓްމަންޓުތަކަކާއި ގުޅިގެން ހަދާފައިވާ އެއްބަސްވުމެވެ.

އެގޮތުން އެގޭގެ ވެރިފަރާތުން ހަލީމަށް ދެ އެޕާޓްމަންޓެއް، ކޮންމެ އެޕާޓްމަންޓަކަށް މަހަކަށް 5000 ރުފިޔާއަށް ދިނުމަށް ނިންމާ އެއްބަސްވެފައިވަނީ 84 މަހަށެވެ. މިއީ ފައިސާ އެޑްވާންސްކޮށް ދައްކާ، ޖުމުލަ 420،000 ރުފިޔާ، އެއްކޮށް ދެއްކުމަށް ވެފައިވާ އެއްބަސްވުމެކެވެ. 

މި އެއްބަސްވުމުގައި ސޮއި ކުރި އިރު، ގޭގެ ވެރިފަރާތާއި ހަލީމާ ދިމާވެފައި ނުވާ ކަމަށާއި، ގޭގެ ވެރިފަރާތް އެއްބަސްވުމުގައި ސޮއި ކުރި އިރު، އެ ހާޒިރުގައި ހުރިކަމަށް އެއްބަސްވުމުގައި ބުނާ ހެކިވެރިޔާ ވެސް އެ ހާޒިރުގައި ނެތްކަމަށް ވެސް އެ ލިޔުމުގައި ބުނެ އެވެ. އަދި ގޭގެ ވެރިފަރާތް މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، އޭނާގެ ފިރިހެން ދަރިފުޅު، އިބްރާހީމް ހުނައިނު އޭނާއަށް ދިން ނުބައި މައުލޫމާތަކާއި ގުޅިގެން ކަމަށް ސިވިލް ކޯޓަށް ހުށަހެޅި ފޯމުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން ގޭގެ ވެރިފަރާތް އަތުން ދެ އެޕާޓްމަންޓު ކުއްޔަށް ހިފިތާ ހަތަރު މަސް ދުވަސްތެރޭ އެޕާޓްމަންޓެއް މަހަކު 20،000 ރުފިޔާގެ އަގަށް ހަލީމް ވަނީ ހުނައިނަށް ދެ އެޕާޓްމަންޓުވެސް ކުއްޔަށް ދީފައިއެވެ.

މީގެ އިތުރުން ހުނައިނާއި ހަލީމާއި ދެމެދު ވެފައިވާ އެއްބަސްވުން ތަކަކީ "ސްޓްރިކްޓްލީ ޕްރައިވެޓް އެންޑް ކޮންފިޑެންޝަލް" ލިޔެފައިވާ އެއްބަސްވުންތަކެއް ކަމަށް މި މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅި ފޯމުގައި ބަޔާން ކޮށްފައިވެއެވެ.

މި މައްސަލާގައި ހަލީމްގެ އިތުރުން ހުނައިނަށް ދައުވާ ކުރަނީ ގޭގެ ވެރިފަރާތާއި ހަލީމާމެދު ހެދި އެގްރީމަންޓަކީ މަނީ ލޯންޑަރިންނަށް މަގުފަހިވާ ގޮތަށް ހެދި އެގްރީމަންޓެއް ކަމަށް ބުނެ އެ އެގްރީމަންޓު ބާތިލް ކުރުމަށެވެ.

މަނީ ލޯންޑަރިންނަށް މަގުފަހިވާ ގޮތަށް ކަންކޮށްފައިވާ ކަމަށް ބުނެފައިވަނީ، ހުނަނު އަދި ހަލީމް މި ހާލަތުގައި ކަންކޮށްފައިވާ ގޮތުގެ މައްޗަށް ބިނާ ކޮށެވެ. އެގޮތުން ގޭގެ އެޕާޓްމަންޓެއް ކުއްޔަށް ދީފައިވާ މީހެއް އަތން ގޭގެ ވެރިފަރާތުގެ ދަރިފުޅު، ބޮޑުއަގުގައި އެ އެޕާޓްމަންޓުތައް ކުއްޔަށް ނެގުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު މޮޔަ ކަމެއް ކަމަށާއި، މިކަމުގެ ތެރޭގައި ހަމަނުޖެހޭ އެތައް ކަމެއް ހުރި ކަމަށް މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ފޯމުގައި ބަޔާން ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް