ads
ފަރާހް
އަނބުގެ ވަސް ބަލަން މާސްކް ތިރިކުރުމުން ފަރާއަށް ފާޑުކިޔަނީ
މަގުމަތީގައި ވިޔަފާރިކުރި މީހެއްގެ އަތުން ބޮލީވުޑުގެ ޕްރޮޑިއުސަރު އަދި ކޮރެއޮގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ފަރާހް ހާން އަނބު ގަތް މަންޒަރު ފެންނަ ފޮޓޯތަކެއް އިއްޔެ ވަނީ އާންމުވެފަ އެވެ.
Advertisement

އެގޮތުން ވިއްކަން ހުރި މީހާ ފަރާގެ އަތަށް ރީތި އަނބު ހޮވާފައިދޭ މަންޒަރު ވެސް ފެންނައިރު ފަހާ ވަނީ އެމީހާ ދޭ އަނބުގެ ވަސް ބެލުމަށް މާސްކް ތިރިކޮށް ނޭފަތާ ކައިރިކޮށްފަ އެވެ. 

އެއާއެކު ފާޑުކިޔާ މީހުން އޭނާއާ ދިމާކޮށްލީ ސާފު ތާހިރުކަމަަށް ނުބަލާ ކަމަށް ބުނެ އެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އުޅެނިކޮށް އެ އެއްޗެހީގައި އަތްކާތާއި ވަސް ބަލާހަދަން ވިޔަފާރިވެރިޔާ ވެސް ފުރުސަތުދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ކިތަންމެ ފާޑުކިޔުމެއް އަމާޒުވިޔަސް އަދި އެކަމުގައި ފަރާހް ވަކި އެއްޗެެއް ނުބުނެ އެވެ. 

އުމުރުން 56 އަހަރުގެ ފަރާހްއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. މެއިން ހޫނާ އާއި އޯމް ޝާންތީ އޯމް ފަދަ ކާމިޔާބު ފިލްމުތަކެއް އޭނާ ވަނީ ބެލުންތެރިންނާ ހިސާބަށް ގެނެސްދީފަ އެވެ.

ކޮވިޑާ ގުޅިގެން އޭނާގެ ގިނަ މަސައްކަތްތައް ވެސް އޮތީ ހުއްޓިފަ އެވެ. އެކަމަކު މިހާރު ފިލްމުތަކުގެެ މަސައްކަތްކުރަން ހުއްދަދީފައިވާތީ އަލުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް