ads
ފަރެސް މާތޮޑާގެމެމްބަރު - ހުސެއިން މުހައްމަދު ލަތީފް
ސިވިލްސާވިސް ބިލް: އުޅެނީ އެކްޓިވިޓިސްޓުންނަށް ވަޒީފާ ދޭން: ހުސެއިން މުހައްމަދު
ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލަކީ ގާނޫނުގެ ތެރެއިން ހޯދާ ވަރަށް ބޮޑު ނަހަމަ އިންސާފެއް ކަމަށާއި، ކަމަށް ގާބިލް ނޫން އެކަށީގެން ނުވާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް، އަދި ވަކިން ހާއްސަކޮށް އެމްޑިޕީގެ އެކްޓިވިޓިސްޓުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކުރާ ކަމެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފު ތުހުމަތު ކުރައްވައިފި އެވެ.
Advertisement

އޭނާ މިހެން ވިިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ބަދަލު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރަމުންނެވެ. 

ރޮޒައިނާ ހުށަހަޅުއްވާފައި ވަނީ ސިވިލް ސާވިސް ވަޒީފާތަކަށް މުވައްޒަފުން އައްޔަނުކުރުމުގައި ބަލަންވާނީ އެންމެ އިލްމީ ފެންވަރު ރަނގަޅު މީހުން އައްޔަނު ކުރުމަށާއި އިލްމީ ފެންފަރު ހަމަހަމަނަމަ އިސްކަން ދޭން ވާނީ އެދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާއަށް ރިއާޔަތް ކޮށްފައި ކަމަށް ބުނާ މާއްދާ އުވާލުމަށެވެ. 

މި ބިލާ ދެކޮޅަށް ބަހުސް ކުރަމުން ހުސެއިން ވިދާޅުވީ، މަގާމުތަކަށް ބޭނުންވަނީ ކަމަށް ގާބިލު ތައުލީމާއި ތަޖުރިބާ ހުރި މީހުން ކަމަށާއި، ނަމަވެސް މި މާއްދާ އުވާލައިފިނަމަ މުއައްސަސާތަކުން ދެވޭ ހިދުމަތްތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި، ހިދުމަތްތައް ދިނުމުގައި އެތަކެއް ލަސްތަކެއް ހުންނާނެ ކަމަށެވެ. 

އަދި މިއީ ކަމަށް ގާބިލުނޫން މީހުންނަށް ފުރުސަތު ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއީ އަނެއްކާވެސް ގާނޫނުގެ ތެރެއިން ހޯދާ ވަރަށް ބޮޑު ނަހަމަ އިންސާފެކޭ. އިންސާފުގެ ނަމުގާ ހިންގާ ވަރަށް ބޮޑު ޖަރީމާ އެކޭ. މިއީ ކަމަށް ގާބިލު ނުވާ އެކަށީގެން ނުވާ ހާއްސަކޮށް އެމްޑީޕީގެ އެކްޓިވިޓިސްޓުނަށް ފުރުސަތު ހޯދައިދިނުމަށް ޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑަށް މި ސިފަ ކުރެވެނީ، -ހުސެން މުހައްމަދު ލަތީފް-

އެހެންނަމަވެސް ކޮމިޝަނުގައި ދެ އަންހެން ބޭފުޅުން ތިބުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ނަމަވެސް މިކަމާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދައްކާފައިވާ ކަމަށާއި، އެއީ މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުންގެ ފަރާތުން ކަނބަލުންނަށް ޖިންސީ ފުރައްސާރަ ކުރިމަތިވެފައި ވާތީ އާއި އެފަދަ ކަންކަމަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވާތީ އެކަމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކުރާ ކަމަކަށް ވެސް ވެދާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް