ads
ފޮޓޯ: އެމްއެމްޕީއާރުސީ
އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން ބޮޑެތި ހަރަކާތްތަކެއް ފަށައިފި
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ދަތުރުކުރެވެން ފެށިފަހުން، ވިޒިޓް މޯލްޑިވްސް އިންޑިއާ މާކެޓްގައި އަމަލީގޮތުން ކުރިޔަށްގެންދާ އަދި ބައިވެރިވާ ފުރަތަމަ މާކެޓިން ހަރަކާތްތައް ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަމަށް ހުއްޓުމެއް އައިކަމުގައިވީ ނަމަވެސް ވިޒިޓް މޯލްޑިވްސް އިން ދިޔައީ އިންޑިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކޮށް، ފަތުރުވެރިންގެ ހިތްތަކުގައި ރާއްޖޭގެ ހިތްގައިމު ކަމާއި ރާއްޖެއިން ލިބެން ހުންނަ ހިދުމަތްތައް އަންގައިދެމުންނެވެ.

އިންޑިއާގައި ކުރިއަށްދާ މާކެޓިން ހަރަކާތްތަކުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ވަނީ ޕްރެސް ކޮންފަރެންސް އަކާއި ރޯޑްސޯ އެއް ބާއްވާފަ އެވެ. އޭގެ އިތުރުން މިމަހުގެ 26 އިން 28 ގެ ނިޔަލަށް ބޭއްވި އޭޝިއަން ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް (ސްޓޭ) ގައި ވިޒިޓް މޯލްޑިވްސް އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުން ބައިވެރިވާނެ އެވެ. 

ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ބައިވެރިވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު. ޑރ އަބްދުﷲ މައުސޫމް އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދާއި ދިވެހިރާއްޖެއިން އިންޑިއާ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ހަބަރުތައް އިންޑިއާގެ މީޑިއާތަކަށް ހިއްސާކުރުމަށްޓަކައި މޯލްޑިވްސް މީޑިއާ މީޓްގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރެސް ކޮންފުރެންސް ބޭއްވީ އިއްޔެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. 

އެ ޕްރެސް ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައި ރާއްޖޭގެ ފަތުރުވެރިކަމާއި ފޮރިން ޕޮލިސީ އަދި މާކެޓިންގެ ދާއިރާއަށެވެ. އެ ޕްރެސް ކޮންފަރެންސްގައި 2020 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވާ ފަތުރުވެރިކަމުގެ ކާމިޔާބީތަކާއި އިންޑިއާއަކީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަން ވަނީ ފާހަގަކޮށްފައި ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ. 

އަދި އިންޑިއާ މާކެޓްގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ރާވާފައިވާ ހަރަކާތްތަކާއި ބެހޭގޮތުންނާއި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ހަމަޖެހިފައިވާ ޓްރެވެލް ބަބްލްގެ މައުލޫމާތު ވެސް ވަނީ ހިއްސާކުރެވިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ހިނގަމުންދާ ވެކްސިނޭޝަން ކެމްޕެއިނާއި ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމަށް އަޅާފައިވާ ފިޔުވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެ އެވެ.

އޭގެއިތުރުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރާއި ވިޒިޓް މޯލްޑިވްސްގެ ޓީމް ވަނީ ޕްރެސް ކޮންފަރެންސް އާއި ރޯޑްޝޯގެ ކުރިއަށް އައުޓްބައުންޑް ޓުއާ އޮޕަރޭޓަރސް އެސޯސިއޭޝަން އޮފް އިންޑިއާ އާއި ގޯ އެއާ އެއާލައިންސް އަދި ޔަޓްރާއާ ބައްދަލުކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް