އީރާނުގައި މި ތުހުމަތުތައް އެންމެ ގިނައިން އުފުލާފައިވަނީ ބަހާއީ ދީނުގެ މީހުންގެ މައްޗަށެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައިވަނީ، އީރާނުގެ ބަހާއީން ނާއި ގުޅޭގޮތުން، އދ އިން ކަނޑައަޅާފައިވާ މަންދޫބު، ޑެނިއަލް އެލާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަހީދު ވިދަޅުވެފައިވަނީ އީރާނުގައި މުރުތައްދުވުމާއި، ދީނަށް ފުރައްސާރަކުރުމުގެ ތުހުމަތު އުފުލާފައިވާ ގިނަ މީހުންނަށް ތުހުމަތުތައް ކުރަނީ ސިޔާސީ ގޮތުން ކަމަށެވެ. އަދި ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން އެމީހުނެގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު އޮންނަކަމަށެވެ.
އީރާނުގެ މެޖޯރިޓީއަކީ ޝިޔައީ މުސްލިމުންނެވެ. އެއީ އެގައުމުގެ މުޅި އާބާދީގެ 89 ޕަސަންޓެވެ. ސުންނީ މުސްލިމުންގެ ޕަސަންޓަކީ 9 ޕަސަންޓެވެ. ކްރިސްޓިއަނުންނާއި، ބަހާއީން ފަދަ ދީންތަކުގެ މީހުންގެ އާބާދީ އަކީ ދެ ޕަސަންޓެވެ.