ads
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުން -- ފޮޓޯ / މަޖިލިސް
ނޫމަޑި މައްސަލަ: މުއިއްޒު ދިން ބަޔާން ދިރާސާކުރާ ކޮމެޓީ ސިއްރުކޮށްފި
ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އާއެކު ހަދާފައި އޮތް އެއްބަސްވުމެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ ދޮގު ހަދައިގެން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާބިޓްރޭޝަނުގައި ބަޔާން ދެއްވުމުން ދައުލަތުން 55 މިލިއަން އެމެރިކާ ޑޮލަރު ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭން ޖެހުނު މައްސަލަ ދިރާސާކުރާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

އެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ދިޔައިރު މާލިއްޔަތު ކޮމެޓީއަށް ވަނީ އާބިޓްރޭޝަނަށް މުއިއްޒު ދިން ބަޔާންތައް ލިބިފައެވެ. އެހެންކަމުން މިއަދުގެ ކޮމެޓީގައި އެ ބަޔާންތައް އިތުރަށް ދިރާސާ ކުރާނެ ކަމަށް ވަނީ ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ވިދާޅުވެފައެވެ.

ނާޝިޒު ވިދާޅުވީ އަންނަ ހޯމަ ދުވަހު އޮންނަ ކޮމެޓީގެ ބައްދަލުވުމަށް ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ހާޒިރުކުރާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި އާއެކު ހެދި އެއްބަސްވުން ބާތިލު ކުރިއިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓުގެ ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މި މަހުގެ ކުރީކޮޅު ވަނީ ބުނެފަ އެވެ.

ނޫމަޑިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި އެވެ.

ނަމަވެސް ނޫމަޑި އާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް އާބިޓްރޭޝަނުން ބޭރުގައި ހައްލުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓެލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އޮގަސްޓް 25، 2019 ގައި ވަނީ ސޮއިކޮށްފަ އެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް