ads
އަނުޝްކާ އާއި ވިރާޓް އެމީހުންގެ ދަރިފުޅާއެކު--
ވިހޭތާ ދެ މަސް ނުވެ، އަނުޝްކާ، ކުރިއެކޭ އެއްގޮތަށް ހިއްކާލައިފި
ބޮލީވުޑުގެ ތަރި، އަނުޝްކާ ޝަރްމާއަށް ދަރިއަކު ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ދަރިފުޅު ވިހޭތާ ދެ މަސް ފަހުން، ކުއްޖާއާއެކު އަނުޝްކާ މިފެނުނީ އެއާޕޯޓުންނެވެ. ހަށިގަނޑު ލޫޅާފަތިކަމުން އޭނާއަކީ ކުއްޖަކު ވިހޭ މީހެއްހެން ވެސް ހިއްޔެއް ނުވެ އެވެ.

އަނުޝްކާ، ވިހޭ ފަހުން އެވަރަށް ސޯޝަލް މީޑިއާއަށް ފޮޓޯ ހިއްސާކޮށްފައި ނުވާތީ އޭނާ އެ ދުވަސްވަރު ހިކެން ކުރީ ކޮން މަސައްކަތެއްކަމެއް ނޭނގެ އެވެ. އެކަމަކު އޭނާގެ ހަށިގަނޑަށް ބަލާލުމުން އެއީ އެހާ ފަސޭހައިން ކުރި ކަމެއް ނޫންކަން ވެސް އިނގެ އެވެ. 

ބަނޑުބޮޑު ދުވަސްވަރު އެހާ ފަލަ ނުވިޔަސް، އަނުޝްކާއަށް ވެސް ބަދަލު އައެވެ. އެކަމަކު މިހާރު ބަނޑެއް ވެސް އެއްގޮތަކަށް ނެތެވެ. އަދި ހަމަ ފެންނަނީ ކުރިން ދަރިއަކު ލިބުމުގެ ކުރިން ހުރި ގޮތަށް ހުއްޓާ އެވެ. 

އަނުޝްކާ، ވަނީ ވިހެއުމަށް ފަހު މަަސައްކަތަށް އެނބުރި އަންނާނެ ކަމަށް ބުނެފަ އެވެ. މިހެންކަމުން، ބެލެވެނީ މިއީ ފިލްމުގެ މަސައްކަތް ފެށުމަށް އަވަހަށް ހަށިގަނޑަށް ގެނައި ބަދަލެއް ކަމަށެވެ. 

އަނުޝްކާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް