ads
އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު ކުރީގެ ރައީސް ޔާމީނާ އެކު
އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު ބޯމަތިވެފައި އޮއްވާ، އަސާސީ ގަވައިދު އިސްލާހު ކުރަނީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް، އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ. އޮލިމްޕިކް ކޮމިޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ތާވަލުކޮށްފައިވަނީ މިއަދު ހަވީރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް މިއަދު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމާފައިވާއިރު، އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކާ ބެހޭ ތަފްސީލު މައުލޫމާތު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާހު ކުރަނީ، ކުރިން އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކެއް އަނެއްކާ ބަދަލުކުރާށެވެ.

މިހާރު އޮތް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ދައުރު މެއި މަހު ހަމަވާނެއެވެ. އަންނަ މެއި މަހުގެ ހިންގާ ކޮމިޓީ ދައުރުހަމަވާއިރު، މިހާރުވެސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަވީދުވަނީ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ކުރިން އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް ޝަވީދުގެ ވިސްނުން ބަދަލުވެ، އަލުން ކުރިމަތިލައްވާނެ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭ ގޮތުން ޝަވީދުގެ ބަހެއް ލިބިފައެއް ނުވެއެވެ. 

އޮލިމްޕިކް ކޮމިޓީގެ އިންތިހާބާ ބެހޭ މައުލޫމާތު އެ ކޮމިޓީން އަދި ހާމަކޮށްފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް