ads
ރ. ހުޅުދުއްފާރު-- ފޮޓޯ: އަހުމަދު މުބާރިކް
ހުޅުދުއްފާރުގެ ގިނަ އަދަދެއްގެ ދަރިވަރުންގެ ސާމްޕަލް ނަގައިފި
ރ. ހުޅުދުއްފާރުން ސްކޫލު ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރަށުގެ ގިނަ ދަރިވަރުންގެ ސާމްޕަލް ވަނީ މިހާރު ނެގިފައި ކަމަށް ހުޅުދުއްފާރު ސިއްހީ މަޒުކަސުން ބުނެފި އެވެ.
Advertisement

ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުﷲ ޝަރީފް ވިދާޅުވީ މިހާރު އެރަށުގައި ކޮންޓެކްޓްރޭސިން މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި ކަމަށެވެ.

އެގޮތުމް އެރަށުން 65 ސާމްޕަލް މިހާތަނަށް ނަގާފައިވާއިރުގައި އޭގެތެރެއިން 60 އެއްހާ މީހުންނަކީ ސްކޫލް ދަރިވަރުންނާއި ޓީޗަރުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ސާމްޕަލްތަށް ޓެސްޓުކުުރުމަށް މިހާރު ވަނީ ފޮނުވާފައި ކަމަށާއި މިރެޔަށް ނަތީޖާ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރަށުގައި އަރިދަފުސް ރޯގާގެ އަލާމަތްތައް މީހުންގެ ފަރާތުން ފެންނަ ކަމަށާއި ނަމަވެސް އެއީ އަދި ކޮވިޑް ކަމަށް ނުބެލޭ ކަމަށެވެ.

ރަށުގައި 220 ގޭގައި މީހުން ދިރިއުޅޭ އިރުގައި 29 ގެ މިހާރު ހުރީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ވެސް ޝަރީފް ފާހަކުރެއްވި އެވެ.

އެރަށުގައި މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ކަމަށާއި، ގެއިން ބޭރަށް ނިކުތުން މަނާކޮށްފައިވާއިރުގައި ރަށް ވަށައިގެން ޕެޓްރޯލް ކުރަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ހުޅުދުއްފާރުން ސްކޫލު ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގަ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް