ads
ރައްޔިތުންގެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
"އުތެމައާއި އެމްޑީއެންއާއި ދެކޮޅަށް ކުރާ މަސައްކަތައް އެއްބާރުލުުމެއް ނުލިބޭ"
ދިވެހިރާއްޖޭގައި ގިނަ ޖަމިއްޔާތަކެއް އެކުވެގެން އެމްޑީއެން އަދި އުތެމަ ޖަމިއްޔާއާއި ދެކޮޅަށް ކުރަމުންގެންދާ "ދީނީ އަދި ޤާނޫނީ" މަސައްކަތަށް އެއްވެސް އެއްބާރުލުމެއް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ނުދެއްވާކަމަށް ރައްޔިތުންގެ އިއްތިހާދުން ތުހުމަތުކޮށްފިއެވެ.

އެ އިއްތިހާދުން މިހެން ބުނެފައިވަނީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީއެއްގައެވެ. 

އެ ސިޓީގައި ވަނީ އެ އިއްތިހާދުގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ފާހަކަކޮށްފައެވެ. އެގޮތުން އެ އިއްތިހާތުން ފޮނުވާ ސިޓީތަކުގެ ޖަވާބު ލަސްވާ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ. 

"އެމް.ޑީ.އެން އާއި އުތެމަ ގެ މައްސަލައިގައި ޑރ. ޒާހިރުގެ ކިބައިން މިވީހާތަނަށް ފެނި އަޑުއިވިގެން ގޮސްފައި ވަނީ ބޮނދައި ފިއްލަވައިވަޑައިގެން ޖަވާބުދާރީ ނުވާން އުޅުއްވާފަދަ ފިނޑިކަމުގެ ޢަމަލުފުޅުތަކަކާއި ބަސްފުޅުތަކެއް. އަދި އުތެމަގެ ރިޕޯޓުތަކުގެ ތަޙްޤީޤަށް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ޒިންމާ ނުއުފުއްލަވާތަނުގައި އުތެމަ ގެ ޖަރީމާ ފޮރުވައި އެކަން އޮއްބާލަން އުޅުއްވި،" ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ނަމަވެސް އެމް.ޑީ.އެން އާއި އުތެމަ ގެ ރިޕޯޓާ ގުޅޭ ތަހްޤީޤުތަކާއި އެނޫން ކަންކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ބައްދަލުކުރުމާއި، މަޢުލޫމާތު ބަދަލުކޮށް ހިއްސާކުރުމާއި، ކަމާ ބެހޭ ފަރާތްތަކަށް އެފަރާތްތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ. އޭގެ ތެރޭގައި ފުލުހުންނާއި ޕީ.ޖީ އާއި ރައީސުލްޖުމްހޫރިއްޔާ އާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަށް ފާހަގަކޮށްފައިވެއެވެ. 

"ޑރ. ޒާހިރުއާ ބައްދަލުކުރެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް 3 ފަހަރު މަތިން އެދުނިން. އެންމެ ފުރަތަމަ އޯގަސްޓު މަހުގެ ކުރީކޮޅު 8 ވަނަ ދުވަހު. އަދި އޭގެ ފަހުން ހަމަ އެމަހުގެ 17 ވަނަ ދުވަހު. އަދި އޭގެ ފަހުން އެއަހަރުގެ ސެޕްޓެންބަރ މަހުގެ 9 ވަނަ ދުވަހު. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމާ ގުޅިގެން އެއްވެސް ވަރެއްގެ ފައްސި ކޮޅުމައްޗެއް، އަލިމަގެއް ނުދައްކަވާ،"

އެ އިއްތިހާދަށް ވަގުތު ނުދިން ނަމަވެސް،  ބޭރުގެ ފަރާތްތަކާއި، އެނޫން މީސްމީހުންނާއި ބައްދަލުކުރައްވަމުން ދާ ކަމަށް އެ އިއްތިހާދުން ބުނެއެވެ. 

"އިސްލާމް ދީނާއި، މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް، ދީނުގެ ޙުކުމްތަކަށް އިންކާރު ކުރާ މީހުންގެ މައްސަލައިގައި ވާހަކަ ދެއްކުމަށް އަޅުގަނޑުމެން އާދޭސްކޮށް ސަލާން ޖަހަން ޖައްސުވާ މަންޒަރު،"

އެ އިއްތިހާދުން އަދާލަތު ޕާޓީގައި އެދިފައިވަނީ، ޑރ. އަހްމަދު ޒާހިރާ މެދު އިސްލާހީ ފިޔަވަޅު އަޅުއްވައި ދެއްވުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް