ads
މާރިޔާ ލަވަ ވިދާޅުވަނީ
މާރިޔާގެ ލަވަކިޔުން ފެނި އާޝޯހު ނުވާ މީހެއް ނެތް!
އެމްޑީޕީގެ ސިޔާސީ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިހާރު ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މާރިޔާ އަހްމަދު ދީދީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވެފައިވަނީ އެކަމަނާގެ ސިޔާސީ ހަޔާތުގައި ދެއްކެވި ހިތްވަރާއި ކުޅަދާނަކަމުންނެވެ.
Advertisement

އެމްޑީޕީއިން އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް އެޅި ފިޔަވަޅުގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނެވުމާއި އެމަނިކުފާނުގެ ވެރިކަން ވެއްޓިގެން ދިޔައިރުވެސް ސިޔާސީ މަސައްކަތުގައި އަދި ހާއްސަކޮށް މުޒާހަރާތަކާއި ކެމްޕެއިން ތަކުގައިވެސް ރައީސް ނަޝީދެކޭ އެއް ސަފުގައި އެންމެ ކުރީގައި އެކަމަނާ ވަނީ ހަރަކާތްތެރިވެފައެވެ. 

އެމްޑީޕީއިން ވެރިކަމަށް އައުމަށް ކުރެއްވި ދަތުރުގަައި މުޒާހަރާތަކާއި ކެމްޕެއިން ތަކުގައި އެކަމަނާގެ ހުނަރު ނުފެންނަ އެއްވެސް ދިމާލެއް ނެތެވެ. އެކެނަ އެންމެ ބޮޑަށް ދައްކުވާދޭނެ އެއް ހެއްކަކީ ޕޯޑިއަމްތަކުގައި އެކަމަނާގެ ދޫފަރިތަކަމާއި ޖެހިލުން ކުޑަކަމުން ދެއްވާ އެކި މޮޅެތި ސްޕީޗްތަކުން އެފަދަ އެތައް އަހެންކަބަލުންނެއް ސިޔާސީ ދާއިރާއަށް ވެންނެވުމަށް ވީ ބާރަކަށް ވުމެެވެ. ޕޯޑިއަމްތަކުގައި އެކަމަނާގެ ދޫފަރިތަވެފައި ހުނަރު ހުރީ ހަމައެކަނި މޮޅެތި ސްޕީޗްތައް ދެއްވާކަށް ނޫނެވެ. އެފަދަ ޕޯޑިއަމްތަކުގައި ކިޔުއްވާ ލަވަތަކުންވެސް މިނިސްޓަރު މާރިޔާގެ ހުނަރު ފެނި އާޝޯހު ނުވާ މީހަކު ހަމަ ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. 

މިފަހުން ސޯޝަލް މީޑިއާގައި ދައުރަވަމުންދާ ވީޑިއޯއަކުންވެސް އެކަމަނާގެ ލަވަކިޔުމުގެ ހުނަރު ވަރަށް ރަނގަޅަށް ސާބިތުކޮށްދެއެވެ. އެގޮތުން އެ ވީޑިއޯއިން ފެންނަނީ އއ. ތޮއްޑޫގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާއެއްގެ ތެރެއިން އެކަމަނާ  " ހޯދޭ އުފާ، އުފާދޭ މި ސަހާރާ" މި ލަވަ ވިދާޅުވަމުން ދާތަނެވެ. އެތައް ބަޔަކު އެއްވެފައިވާ އެ ޖަލްސާގައި އެކަމަނާ ލަވަ ވިދާޅުވަމުން ދިޔައިރު މުޅި އޯޑިއަންސްވެސް ކެކި އަރާތަން ފެނެއެވެ. އަދި އެކަމަނާގެ ލަވާގެ ފޯރީގައި ރައީސް ނަޝީދުވެސް ޖެހިވަޑައިގެން ނަށަމުންދާތަން އެ ވީޑިއޯއިން ފެނެއެވެ.


ލަފާ ކުރެވޭ ގޮތުން މިއީ އެންމެ ފުރަތަމަ އެމްޑީޕީން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު ކުރެއްވި ކެމްޕެއިންގެ ތެރެއިން އެ ރަށުގައި ބޭއްވި ޖަލްސާއެއްގެ ވީޑިއޯ ކޮޅެކެވެ. ކޮންމެ އަކަސް މިފަހުން މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ދަނީ އެކަމަނާގެ ހުނަރަށް ތައުރީފް ކުރައްވަމުންނެވެ. އަދި ވީޑިއޯ ފެނި އާޝޯހު ނުވާ ހަމަ އެކަކުވެސް ނެތެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ތައުރީފް ކޮށްފައިވަނީ ބޮޑު އޯޑިއަންސެެއްގައި އެއްވެސް ޖެހިލުމެއްނެތި އެކަމަނާ ލަވަ ވިދާޅުވަމުންދިޔައިރު އެކަމާނާގެ "ކޮންފިޑެންސް" ލެވެވަލް ހުރި މިންވަރާއި މެދުއެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް