އެ ޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކައުންސިލް އިންތިހާބުގައި ގިނަ ދާއިރާ ތަކަކަށް ވާދަކުރާނެކަމަށެވެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ ކޮންމެ މެމްބަރަކަށްވެސް އެ ފުރުސަތު އޮންނާނެކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ލޯކަލްކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑީ.އޭ އިން އެކި ދާއިރާތަކަށް ވަރަށް އަވަހަށް ދަތުރުތަށް ފަށާނެކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު އޭޕްރިލްމަހު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.