އެތަން މެނޭޖުކުރާ ސުވިމިން އެސޯސިއޭޝަނުން ވެސް ވަނީ އެ ސްލައިޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިދިޔަ ހަފްތާގެ ތެރޭގައި އިއުލާނުކޮށްފައެވެ.
މިއަދަކީ ހުކުރު ދުވަސްކަމުން ގިނަބަޔަކު ވަނީ ސްލައިޑު އަދި ޑައިބު ޖަހާ ޕްލެޓް ފޯމު ބޭނުންކުރަން މާލޭ ޓްރެކް ސަރަހައްދަށް ގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
އާންމުކޮށް ސްލައިޑް ބޭނުންކުރެވޭ ގޮތަށް ހުންނާނީ ހެނދުނު 8:30-10:00 އަށާއި މެންދުރުފަހު 3:00-6:30 އަށެވެ. ނަމަވެސް ބަންދު ދުވަސްވަހު އެއަށްވުރެ ގިނަ ވަގުތު ސްލައިޑް ބޭނުންކުރެވޭނެ ގޮތް ހަދައިދޭނެކަމަށް ސުވިމިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ސްލައިޑް ބޭނުން ކުރެވެނީ އެ ސްލައިޑުން ފެން ދައުރުވާގޮތް ހަދާފައި ހުންނަ ވަގުތުތަކުގައެވެ.
މި ދަނޑިވަޅަކީ ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން، ގައިދުރުކަން ބެހެއްޓުން މުހިންމު ދަނޑިވަޅެކެވެ. ނަމަވެސް ސްލައިޑާއި ޑައިވިން ޕްލެޓްފޯމް ބޭނުންކުރުމުގައި ގައިދުރުކަން ބަހައްޓާތަނެއް ނުފެނެވެ.
ސްލައިޑާއި ފްލެޓް ފޯމް ހަދަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން 1.1 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އެ މަސައްކަތް ނިންމުނީ ތިން މަސް ދުވަހުންނެވެ.
މިކަމަށް ބައެއް މީހުން އަންނަނީ ފާޑުވެސް ކިޔަމުންނެވެ.
ބައެއް މީހުން އަންނަނީ އެޗްޕީއޭއަށް ވެސް ފާޑު ކިޔައި މިއީ އޭ ގްރޭޑްގެ ޕޮލިސީގެ ސަބަބުން ވާކަމެއްކަމަށް ބުނަމުންނެވެ.
"މިހެން މިތަންތަނަށް ހުއްދަލިބޭނަމަ މިސްކިތްތަކުގެ ސަފުތަކުގަ ގައިދުރުުރާކަށް ނުފެނޭ،" މިކަމާއި ހިތްހަމަ ނުޖެހޭ މީހަކު މިއަދު ސޯސަލް މީޑިއާގައި ބުނެފައިވެެއެވެ.
ކޮވިޑް 19 ގެ ހާލަތުން އަރައިގަތުމަށް ފަރުދީ ޒިންމާއަކީ ވެސް މުހިންމު ކަމަކަށްވާއިރު، ކުޑަކުދިން ސްލައިޑުކުރަން ގެންދާ ބެލެނިވެރިންވެސް އަދި ކުދިން ވެސް ސަލާމުވުން މިހިންމެވެ.