ads
ފޮރިން މިނިސްޓަރު ހަލީލް - ފޮޓޯ: ފޮރިން މިނިސްޓްރީ
ވޯލްޑް ގަވަމަންޓްސް ސަމިޓަށް، ފޮރިން މިނިސްޓަރު ހަލީލް ދުބާއީއަށް
ވާލްޑް ގަވަމަންޓްސް ސަމިޓް 2026ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.
Advertisement

ދިވެހިރާއްޖޭގެ ވަފުދުގައި، ދިވެހިރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް، ސަފީރުގެ ނާއިބު ހައްސާން ވަހީދު އަދި އެސިސްޓެންޓް ޑިރެކްޓާ އައިޝަތް ލީން ފައުޒީ ހިމެނިވަޑައިގަންނަވަ އެވެ.

މިއަހަރުގެ ވަފުދުގައިވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަތުމަކީ، ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ. އާދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިސަމިޓުގެ ސަބަބުން ދެގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އެ ސަމިޓް ކުރިޔަށް ދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް