ads
ޕެންޝަން އޮފީހުން މައުލޫމާތު ދިނުމުގެ ޝެޝަނެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ
ޕެންޝަން އޮފީހަށް ޗެއާޕާސަނެއް ހޯދަން އިއުލާންކޮށްފި
ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީހުގެ ޗެއާޕާސަނެއް ހޯދުމަށް އެ އޮފީހުން އިއުލާނުކޮށްފި އެވެ.
Advertisement

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު މިފަހުން އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ އިސްތިއުފާދެއްވީ، އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ފަންނީ ގޮތުން ގަބޫލުކުރެވޭ ކަމަށް ވިދާޅުވެ އެވެ.

ޕެންޝަން އޮފީހުން ބުނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރުމަށް ފަހު، އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީ) އިން ކަށަވަރު ކުރާނެ ކަމަށެވެ. އަދި ޗެއާޕާސަން އައްޔަން ކުރައްވާނީ ރައީސުލްޖުމްހުރިއްޔާ އެވެ.

ޗެއާޕާސަންގެ ޝަރުތުތަކުގެ ތެރޭގައި، ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް