ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
މިއަހަރުގެ އޭލެވެލް އިމްތިހާނުގެ ތާރީހު އަވަސްކޮށްފި
މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ތަވާލުކުރި އޭލެވެލް އިމްތިހާނުގެ ތާރީހު އަވަސްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑެކްސެލްއިން މިއަހަރުގެ އޭލެވެލް އިމްތިހާނުގެ ޓައިމް ޓޭބަލް އިއްޔެ އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން އެންމެ ފުރަތަމަ އިމްތިހާނު އޮތީ 26 އޭޕްރީލްގަ އެވެ. 

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ސީއެންއެމްއަށް ވިދާޅުވީ އެ އިމްތިހާނަކީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބާއްވާ އިންތިހާނެއް ނޫން ކަމަށާއި އިމްތިހާނަކީ އެޑެކްސެލުން ބާއްވާ އިމްތިހާނެއް ކަމަށެވެ. އަދި އެތަނުން މިހާރު އިމްތިހާނު ބާއްވާނެ ދުވަސްތައް އިއުލާންކޮށްފައިވާއިރު އިމްތިހާނު ކުރިއަށްދާނީ އެގޮތަށް ކަމަށެވެ.

އިހްސާން ވިދާޅުވީ އެޑެކްސެލްއިން އާންމުކޮށްފައިވާ އިމްތިހާނާ ގުޅިގެން ސްކޫލުތަކަށް އަންގަން ޖެހޭ އެންގުން މާލަސްތަކެއް ނުވެ އަންގާނެ ކަމަށެވެ.

މެއި ޖޫންގައި އޭލެވެލް އިމްތިހާނު އޮންނާނެކަން އެޑިއުކޭޝަނުން އާންމުކޮށްފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. 

3%
ކަމުގޮސްފި
1%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް