ރާއްޖޭގައި މީގެ ކުރިން ހޭދަކުރި ޗުއްޓީއެއްގެ ފޮޓޯއެއް ސޮނާކްޝީ އާންމުކޮށްފައިވާއިރު ފެންނަނީ ޕޫލްގައި ޖޫސް ބޯން ހުރި މަންޒަރެވެ.
އަނެއްކާ ވެސް ރާއްޖެއަށް އަންނަ ހިތުން، ސޮނާކްޝީ އެދުނީ އޭނާ ރާއްޖެއަށް ގެނެސްދިނުމަށެވެ.
ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ގޮސް ވެސް އާންމުކޮށް ރާއްޖެ މިސްވެގެން މިގޮތަށް ފޮޓޯތައް ލަ އެވެ.
ސޮނާކްޝީ ރާއްޖޭގައި
ސޮނާކްޝީއަކީ ދޭތެރެއަކުން ރާއްޖެއަށް އަންނަ ތަރިއެކެވެ. އެންމެ ފަހުން މީގެ ހަތަރު މަސްކުރިން އޭނާ ރާއްޖެއަށް އައިއިރު އެފަހަރު އަނބުރާ ގައުމަށް ދިޔައީ ސްކޫބާ ޑައިވިން އިން ލައިސެންސް ނަގައިގެންނެވެ.
ސޮނާކްޝީ--
ސޮނާކްޝީ ވަނީ ދަބަންގާއި ކަލަންކް އަދި ފޯސް2 ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.