ads
ޔޫވީއާ ގްރީންގެ މެޗުގެ ތެރެއިން
ޔޫވީ އަނެއްކާވެސް ބަލިވެއްޖެ
ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އަތުން ބަލިވެ، ޔުނައިޓެޑް ވިކްޓްރީގެ މޮޅުނުވުމުގެ ސިލްސިލާ އަނެއްކާވެސް އިތުރު ވެއްޖެއެވެ. ގްރީން އަތުން ހުކުރު ދުވަހުގެ ރޭ ޔޫވީ ބަލިވީ އެއް ލަނޑު ސުންލަނޑުންނެވެ.
Advertisement

ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަންގައި ޔޫވީން އަދި މިހާތަނަށް އެންމެ މެޗަކުންވެސް މޮޅު ނުވެއެވެ. މިހާތަނަށް ހުކުރު ދުވަހުގެ މެޗާއި އެކު ނުވަ މެޗު ކުޅެފައިވާއިރު އެންމެ މެޗަކުންވެސް މޮޅުނުވާއިރު، ތިން މެޗުން އެއްވަރުވެފައިވެއެވެ. ލީގު ޓޭބަލްގެ ފުލުގައި ޔޫވީ އޮތީ އެންމެ ތިން ޕޮއިންޓާ އެކުއެވެ. އެއީ އެވްރެޖްކޮށް ތިން މެޗުން ޕޮއިންޓެކެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ޔޫވީއަށް މި އަހަރުގެ ދިވެހި ލީގުން ފުރުސަތު ދިނީވެސް ޔޫވީއަށްވުރެ ރަނގަޅު ނަތީޖާ މިދިޔަ އަހަރުގެ ލީގުގައި ހޯދި ފޯކައިދޫ ސްޕޯޓްސް ބޭރުކޮށްފައެވެ. މިދިޔަ ސީޒަންގައި ލީގުގައި ކުޅުނު ފޯކައިދޫއާ ނިލަންދޫއަށް މިއަހަރުގެ ލީގުން ފުރުސަތު ނުދޭން އެފްއޭއެމުގެ އާ އެކްސްކޯއިން ނިންމީ އަތޮޅުތެރޭގެ އެއްވެސް ޓީމަކަށް ދިވެހި ލީގުން ފުރުސަތު ނުދޭން ނިންމި ނިންމުމުގެ ތެރެއިންނެވެ. މި ނިންމުމުގެ ތެރެއިން ފޯކައިދޫއާ ނިލަންދޫ ލީގުން ބާކީކޮށް ފޯކައިދޫއަށް ވުރެ ފަހަތުން މިދިޔަ ލީގުގައި ނިންމި ޔުނައިޓޭޑް ވިކްޓްރީއަށް ފުރުސަތު ދިނީއެވެ.

މިދިޔަ އަހަރުވެސް ލީގުގައިވެސް ދަށް ނަތީޖާތަކެއް ނެރުނު ޔޫވީއަށް މި ސީޒަންގައި އަދި އެންމެ މެޗަކުންވެސް މޮޅެއް ނުވެއެވެ. ޔޫވީގެ ނަތީޖާތައް ދަށް ވުމުގެ ސަބަބުން އެ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުގައި ސީޒަން ފެށުނު އިރު ހުރި މުހައްމަދު އާދަމްވަނީ މަގާމުން އިސްތިއުފާ ދީފައެވެ. މުހައްމަދު އާދަމް އިސްތިއުފާ ދިނުމުން މިހާރު ޔޫވީގެ ހެޑް ކޯޗަކަށް މަސައްކަތް ކުރަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ކުރިން އަދާކުރި އިހްސާން އަބްދުލްޣަނީއެވެ. އިހުސާނު ހަވާލުވެގެންވެސް އަދި ޔޫވީއަކަށް މޮޅެއް ނުވެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް