އެހެންވެ ޕަލަކް އުޅެ ބޮޑުވީ އޭނާގެ މަންމަގެ ކައިރީގަ އެވެ. އެ ދުވަސްތަކުގައި އޭނާ ބައްޕައާ ވާހަކަ ދައްކާ ހަދާފައި ވަނީ ވަޓްސްއަޕް މެދުވެރިކޮށެވެ. އޭގެ ފަހުން އެއްގޮތަކަށް ވެސް ބައްޕަގެ ކުރިމަތީ އިނދެ ވާހަކަ ދައްކާލަން ލިބިފައެއް ނުވެ އެވެ.
ކޮންމެއަކަސް، އެ ފުރުސަތު އެދެ މީހުންނަށް ވެސް ލިބިފައި މިވަނީ 13 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ. ދަރިފުޅާ ބައްދަލުކުރުމަށް ފަހު އޭނާ މިވަނީ އުދާސްތައް ބަންޑުންކޮށްލާފަ އެވެ. ރާޖާ ބުނީ އޭނާ ދިރިއުޅެމުން އައީ މީރުތުގައި އޭނާގެ މައިންބަފައިންނާއެކު ކަމަށެވެ. އެކަމަކު ކަމަކު މުމްބާއީއަށް އައިސް ޕަލަކްގެ ގާތުގައި ބައްދަލުކުރަން އެދުމުން އޭނާ އެކަމަށް އާއެކޭ ބުނެފައިވާ ކަމަށެވެ.
އެގޮތުން ބައްދަލުކުރުމަށް ފަހު އެމީހުން ދެ ގަޑިއިރެއްހާއިރު ވާހަކަ ދައްކަން ތިބި ކަމަށް ބުނެ އެވެ. އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ކުރީގެ ދިރިއުޅުމުގެ އެއްވެސް ވާހަކައެއް ވެސް ނުދައްކާ ކަމަށް ބުންޏެވެ.
ޕަލަކް ވަނީ އޭނާގެ ބައްޕަގެ އާއިލާގެ މީހުންނާއި ބައްދަލުކުރަން ވަރަށް އަވަހަށް ދާނެކަމަށް ވެސް ބުނެފަ އެވެ. އެގޮތުން ދެ މީހުން އެކަކު އަނެކަކު ބައްދަލުވުމުން ވަރަށް އުފާވި ކަމަށް ބުންޏެވެ.
އޭގެ އިތުރުން ވެސް ރާޖާ ވަނީ ޕަލަކްގެ މަންމަ އަދި އޭނާގެ ކުރީގެ އަނބިމީހާއަށް ތައުރީފްކޮށްފަ އެވެ. އެގޮތުން ޕަލަކަށް ރަނގަޅު ތަރިބިއްޔަތެއްދީފައިވާ ކަމަށް ބުންޏެވެ.
ރާޖާ އާއި ޝްވެތާ ކައިވެނިކުރީ 1998 ގަ އެވެ. އެ ދެމީހުން ވަކިިވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ޝްވެތާ ވަނީ އަބީނޭވް ކޯލީއާ ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. އެކަމަކު އަބީނޭވް އާއި ޝްވެތާގެ މެދުގައި މައްސަލަ ޖެހި، އެމީހުން ވަނީ ވަކިވެފަ އެވެ.