ads
މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕީޖީގެ އިތުބާރު ނެތް ކަމަށް ކަނޑައެޅުމުގެ ހިތްވަރެއް އެމްޑީޕީގައި ނެތް: ސައީދު
ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމުގެ ހިތްވަރު އެމްޑީޕީގައި ނުހުންނާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިގޮތަށް ވިދާޅުވެފައި މިވަނީ ޕީޖީ ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެވެ. 

ސައީދު ވިދާޅުވީ އިންތިހާބު ގާތްވުމުން ސައިބޯނި ބޮކިއެރުވިޔަސް، ޕީޖީގެ އިތުބާރު ނެތް ކަމަށް ކަނޑައެޅުމުގެ ހިތްވަރު އެމްޑީޕީގެ ނުހުންނާނެ ކަަމަށެވެ. 

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން މީގެކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމަށް ބަދަލުނުގެންނަން އެ އޮފީހުން ނިންމުމާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުއްވި މެސެޖްގައި ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ބައެއް މެމްބަރުން ވެސް ތާއިދުކުރެއްވި އެވެ. 

75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމާފައި ވަނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެންނެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް