ads
ވެޑިން ޑްރެސްއެއްގެ ފަސްބައި----
މިވަރު ނުވަންޔާ އަދި ތިލަނީ "ވެޑިން ޑްރެސް"އެއް ނޫން!
އެތަށް އަހަރެއްވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އެކަކު އަނެކަކު ޒަވާޖީ ހަޔާތެއް ފަށަން ނިންމާ ކާވެނީގެ ޕްލޭންތައް ކުރަން ފަށާ ހިސާބުން ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ އެ ދެމީހަކު އެ ދުވަހުގެ ހަފްލާއަށް ޒީނަތްތެރިވެ، ހެނދުން އަޅާނެ ގޮތަކާއިމެދު އެވެ.
Advertisement

އެގޮތުން ޒީނަތްތެރިވުމުގެ ލިސްޓުގައިވެސް އެންމެ ކުރީގައި އޮންނާނީ އަންހެން މީހާގެ "ވެޑިން ޑްރެސް" އެވެ. މި ބުނާ ވެޑިން ޑްރެސްއަކީ ކާވެންޏަށް އިންނަން އަހާ ފިރިހެން މީހާގެވެސް ބަޖެޓް ލިސްޓުގައި އެންމެ ކުރީގައި އޮންނަން ޖެހޭ އެއްޗެކެވެ. އެހެންނޫނަމަ އަދި ކައިވެންޏަށް "ޔެސް" ޖެހުން އޮންނާނީ މާ ދުރުގައެވެ. 

ބައެއް ފަހަރު ޒަވާޖީ ހަޔާތެއް ފަށަން ވިސްނައިގެން ފިރިހެން މީހާ އެއްކުރާ 60 ހާހެއް ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ވިޔަސް ދެބައިކުޅަ އެއްބައި ހަރަދުގެ ގޮތުގައި ފިކްސް ކޮށްފައި އިންނަންވާނީ ހަމަ އެކަނި މި ބުނާ ވެޑިން ޑްރެސްއަށެވެ. އެހެންނޫންނަމަ އަދި އެމީހަކު އެހުރީ މުޅިއަކުން ކައިވެންޏަކަށް ރެޑީ ވެފައެއް ނޫނޭ ބުނެވޭ ފަހަރުތައްވެސް އާދެއެވެ. އެެެހެންކަމުން ވެޑިން ޑްރެސް ހާއްސަވާ ސަބަބުތައް ބައިވަރެވެ. 

ހާއްސަކޮށް ބޭރު ގައުމުތަކުގައި މިބުނާ އުސޫލަކީ ވަރަށް އާއްމު އުސޫލެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަންހެން މީހާގެ ވެޑިން ޑްރެސްގެ ގޮތުގައި ކާވެނީގެ ހަފްލާއަށް ލާފައި ހުންނަ ހެނދުންތައް ފެނި މިކަން ވަަރަށް ރަނގަޅަށް ސާފުވާނެއެވެ. 

your imageކައިވެނީގެ ހަފްލާގެ ތެރެއިން

މިއީވެސް މިބުނާފަދަ ވެޑިން ޑްރެސްއެކެވެ. މި ދެމަފިރިންގެ ކައިވެނި ހަފްލާއަށް އަންހެން މީހާ ލާފައިވާ ވެޑިން ޑްރެސްގެ ފަސްބައި ހަފްލާއަށް އާ މީހުންގެ މޭޒުތަކާއި ހަމަޔަށް ފޯރައެވެ. އާއްމުކޮށް ވެޑިން ޑްރެސްތަކުގައި ފަސްބައި ލާފަ ހުރެއެވެ. އަދި ފަސްބައިގައި ހިފަހައްޓަން ޖެހޭ ފަހަރު އެކަން ކުރާ ބަޔަކީ ބްރައިޑްސް މެޑުންގެ ގޮޕތުގައި ތިބޭ ގާތް ރަހުމަތްތެރިންނެވެ. ނުވަތަ އާއިލާ މީހުންނެވެ. އެހެންނަމަވެސް މި ފޮޓޯއިން ފަސްބައިގައި ހިފަހައްޓާގެން ތިއްބާ އެފެންނަ ގިނަ މީހުންނަކީ ބްރައިޑްސް މެއިޑުންނެއް ނޫނެވެ. އެއީ ހަފްލާއަށް ދައުވަތު ދީގެން އައިސް ތިބި މީހުންނެވެ. 

your imageވެޑިން ޑްރެސްއެއް

ދެންވެސް އޮތީ މިފަދަ އަޖައިބު ކުރަވަނިވި ހެނދުމެކެވެ. މި ދެމަފިރިންގެ ކައިވެނި ހަފްލާއަށް އަންހެން މީހާ ލާފައިވާ ވެޑިން ޑްރެސްއިން ދައްކާ އެދެނީ ކެކްޓަސްއަށް އޭނަ ލޯބި ޖެހިފައިވާ މިންވަރެވެ. އެ ލޯބި އޭނަގެ ވެޑިން ޑްރެސްއިން ދައްކާދީފައިވާއިރު ބެލެވޭ ގޮތުން އެކަމާ އޭނަ އެހުރީ ހަމަ ވަރަށް އުފަލުންނެވެ. 

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް