ads
އެމްޕީއެލްގެ މައި ބަނދަރު
މަރުގެ ހާދިސާތައް އެމްޕީއެލްއިން ވެސް ތަހުގީގު ކުރާނެ
މި އަހަރުގެ ތެރޭގައި އެމްޕީއެލް ގައި ހިނގާ ދިޔަ މަރުގެ ދެ ހާދިސާ ފުލުހުން ތަހުގީގު ކުރިއަސް، އެމްޕީއެލް އިން ވެސް އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދް އަލީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ މިއަދު އެމްޕީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނަމަވެސް މި ކަމާއި ގުޅިގެން އިންޑިޕެންޑެންޓް އިނވެސްޓިގޭޝަނެއް ފުލުހުންވެސް ހިނގަމުން އަންނަ ކަމުގައި ފާހަގަ ކުރަމުން އެބޭފުޅާ ވިދާޅުވެފައި ވަނީ ފުލުހުންގެ އިންވެސްޓިގޭޝަންތެރޭގައި ބޮޑަށް ބަލާނީ މިކަމުގައި އެއްވެސް ޖިނާއީ ކުށެއް އޮތްތޯ އާއި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ކަމަށެވެ. 

ނަމަވެސް އެމްޕީއެލް އިން އެތެރޭގެ ތަހުގީގެއް ހިންގަނީ އެފަދަ މައްސަލަތައް ދިމާވުން މަދުކުރުމަށް އެޅޭނެ ފިޔަވަޅެއް އޮތްތޯ ބެލުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން އެމްޕީއެލް އިން ކުރާ ތަހުގީގުގައި ބޮޑަށް ބަލާނީ މިކަން ދިމާވަން މެދުވެރިވި ސަބަބާއި، އެކްސިދެންޓުތައް ހިނގައި ދިޔުމުގައި އިހުމާލުވަނީ ކޮން ކަންތައްތަކެއްގަ ކޮން ފަރާތްތަކެއްތޯއާއި، އަދި މީހަކު އިހުމާލު ވެފައި ވާނަމަ އެސަބަބެއް ބެލުމާއި، އެމްޕީއެލްގެ ޕްރޮސެސް ތެރޭގައި މައްސަލައެއް އުޅޭތޯއާއި، މިފަދަ ހާދިސާ ތަކުން ރައްކާތެރި ވުމަށް ކުރެވެން ހުރި ކަންތައް ބަލައި އިތުރަށް ނަގަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނެގުން ކަމުގައެވެ.

"މިފަދަ ހާދިސާތަކުން ރައްކާތެރި ވުމަށް މިހާރުވެސް ގިނަ ތަމްރީނުތަކެއް މުވައްޒަފުންނަށް ދީފައިވާ ކަން ފާހަގަ ކުރަމުން އޭނާ އިރުތަށް ވިދާޅުވެފައި ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މެނުވީ މިހާރު އެސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭނެ،"

އެމްޕީއެލްގައި ހިނގާފައިވާ ކަމެއް އެމްޕީއެލްއިން ތަހުގީގު ކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ނޫސްވެރިއަކު ސުވާލު އުފެއްދުމުން ޝާހިދް ވިދާޅުވެފައި ވަނީ އެބޭފުޅުން މި މައްސަލަ ތަހުގީގު ކުރުމުގެ ބޭނުމަކީ މައްސަލަ ހިނގަން މެދުވެރިވި ސަބަބު ބަލައި، އެ ކަންތައް ރަނގަޅު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ހޯދައި އެކަން ކުރުން ކަމުގައެވެ. 

އޯގަނައިޒޭޝަން ސޭފްޓީ އެކްޓެއް އޮތުމަކީ ރާއްޖޭގައި މިހާރު ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރަމުން އެބޭފުޅާ ވިދާޅުވެފައި ވަނީ، އެހެން ކަމުގައި ވާނަމަ މިފަދަ މައްސަލަތައް ބަލަން މި އެކްޓު ގެ ދަށުން ބަޔަކު ތިބެ، މިފަދަ މައްސަލަތައް އެންމެ އެދެވިގެންދާ ގޮތުގައި ބެލެވި، މުސްތަގުބަލުގައި މިފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންތައްތަކުގެ ރަނގަޅު ލަފާއެއް ލިބިގެންދާނެ ކަމުގައެވެ. 

އެމްޕީއެލްގައި މިއަހަރު ހިނގި ނުރައްކާތެރި ދެ ހާދިސާގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅުމުގެ ތެރޭގައި އަނިޔާވި ނ. ލަންދޫއަށް އުފަން 27 އަހަރުގެ އަބްދުﷲ އާސިމް މަރުވި ހާދިސާ އެވެ. ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އާސިމް މަރުވިތާ މަސް ދުވަސް ނުވަނީސް، އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، ދަށުވެ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އިމްރާން އަލީ ވަނީ މަރުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް