ads
އޭސީސީ---
ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުންނާނެ: އޭސީސީ
ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވެ ވަރަށް ހެކި ހުންނާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މެމްބަރުން މިހެން ބުނެފައިފައި ވަނީ ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލައާއި ގުޅިގެން އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީން ނިންމާފައިވަނިކޮށް، ވެންޓިލޭޓަރުތަކާއި ގުޅޭ މައްސަލައިގައި އޭސީސީން ވަނީ ޕީޖީއަށް އިތުރު މައުލޫމާތުތަކެއް ހުށަހަޅާފަ އެވެ. މި މައުލޫމާތުތަކާއި ގުޅިގެން ޕީޖީން ވަނީ މި މައްސަލަ އަލުން ރިވިއުކޮށް، ބަލާފަ އެވެ. 

ޕީޖީން ވަނީ މި މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އަލަށް އޭސީސީން ހުށަހެޅި މައުލޫމާތު ތަކާއި މި މައްސަލައިގައި ކުރިން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލާ ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭން ޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ މައްސަލައިގައި ދައުވާ ނުކުމަށް އެ އޮފީހުން ކުރިން ނިންމި ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށް ބުނެފައެވެ. ޕީޖީން މިހެން ބުނެފައިވަނީ މިދިޔަ ހަފްތާގައެވެ.  

މި މައްސަލައާއި ގުޅިގެން އޭސީސީގެ މެމްބަރު އައިޝަތު އަބްދުﷲ ވިދާޅުވީ، މި މައްސަލައިގައި މިއީ އިދާރީ އޮޅުމެއް ކަމަށް ބުނެ، މިއީ ޖިނާއީ ދައުވާއެއް ނުކުރެވޭނެ ކަމެއް ކަމަށް ބުނުމީ އެ ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. 

އައިޝަތު ވިދާޅުވީ މި މައްސަލައިގައި މި ދައްކަނީ، ބަލިމަޑުކަމެއްގެ ތެރެއިން 31 މިލިއަން ރުފިޔާ އެގްޒެކެޓާސް ގެނެރަލްއަށް ދިން ވާހަކަ ކަމަށެވެ. އަދި މި މައްސަލައިގައި މިހާރު ހޯދިފައިވާ ހެކިތަކުން ބަޔަކަށް މަންފާއެއް ހޯދާ ދިން ކަމުގެ ކުށުގެ އުންސުރުތައް ފުރިހަމަ ވާނެ ފަދަ ހެކިތަކެއް ހުރި ކޭސްއެއް ކަމަށް ގަބޫލު ކުރާ ކަމަށް އައިޝަތު ވިދާޅުވި އެވެ. 

މީގެ އިތުރުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވެސް ވަނީ، މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވި ފަރާތްތަކަށް ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެމްބަރު އަލީ އަޝްރަފް ވިދާޅުވީ މި މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ވަށާޖެހޭ، ފުރިހަމަރިޕޯޓެއް އެކުލަވާލުމަށް ފަހު ކަމަށެވެ. އަދި އޭސީސީގެ މުޅި ކޮމިޝަން ގަބޫލު ކުރާ ގޮތުގައި މި މައްސަލައަކީ އެއްވެސް ހާލެއްގައި ވަޅުޖެހިގެން ވާނެ ނުވަތަ "ޑިކްލައިން" ކުރެވިގެންދާ ކޭސް އަކަށް ވެގެން ނުވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ. 

އަޝްރަފް ވިދާޅުވީ މީގެ ކުރިން، މިފަދަ ތަފާތު އެތައް ކޭސްތަކެއް ކުރީގަ ބަލާ، ދައުވާކޮށް، ޝަރީއަތް ކުރެވި ނިމިފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރު ކޮރަޕްޝަނުގެ މި މައްސަލައަކީ އެފަދަ އެތައް ކޭސްއަކާ އެއް ހަމައެއްގައި ގެންދެވޭނެ ކޭސްއެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ. 

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ފަޅާއެރީ ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ އޮޑިޓުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް