ads
ބަނގުލަދޭޝް މެޓް އޮފީހުން އާންމުކޮށްފައިވާ ސެޓްލައިޓް ފޮޓޯ
މުޅި ސަރަހައްދުގެ މޫސުން ވަރަށް ގޯސް: ތިން ގައުމަކުން އެލާޓު ނެރެފި!
ސައުތް އޭޝިއާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާތީ މޫސުމަށް ސަމަލުވުމަށް އެ ސަރަހައްދުގެ މޫސުމާ ބެހޭ ގައުމީ އިދާރަތަކުން އިލްތިމާސް ކުރަމުން އެބަގެންދެއެވެ.

މިގޮތުން އިންޑިއާގެ ހަތް ސްޓޭޓަކަށް މިހާރު ވެސް އޮތީ ޔެލޯ އެލާޓު ނެރިފައެވެ. 

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެގައުމުގެ އިރުމަތީ ބައެއް ސްޓޭޓްތަކުގައި ދިރިއުޅޭ މަސްވެރިން މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަހާއި ހަމައަށް ކަނޑަށް ނުނިކުތުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ސްރީލަންކާގެ މެޓް އޮފީހުން މިއަދު ބުނެފައިވަނީ، ވިއްސާރައާއި ވިދައި ގުގުރުމުގެ ފުރުސަތު މުޅި ގައުމުގެ އެކި ސަރހައްދުތަކަށް އެބައޮތް ކަމަށެވެ. 

"50 މިލިމީޓަރަށްވުރެ ވެސް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެ ސަރަހައްދުތަކަށް އެބައޮތް،" -ލަންކާ މެޓް -

ލަންކާ މެޓް އޮފީހުން ބުނެފައިވަނީ މޫސުން ބޮޑަށް ގޯސް ވާނީ ލަންކާގެ މެދުތެރެއާއި ދެކުނު އަދި އިރުމަތީ ޕްރޮވިންސް ތަކަށް ކަމަށެވެ. 

ސެޓްލައިޓް ފޮޓޯއިން ފެންނަ ގޮތުން ކޮޅިގަނޑު އުފެދިފައިވަނީ ސްރީލަންކާގެ އިރު ދެކުނުގައެވެ.

your imageލަންކާ މެޓް އޮފީހުން އާންމުކޮށްފައިވާ ސެޓްލައިޓް ފޮޓޯ 

މީގެ އިތުރުން ދިވެހިރާއްޖޭގެ މެޓް އޮފީހުން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އެދިފައެވެ. 

އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން  ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. 

"ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ،" -ރާއްޖޭގެ މެޓް-

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 16:30 22:00 އައްޑު އަތޮޅުން ފ. އަތޮޅަށް ވައިޓް އެލާޓު ވެސް ނެރިފައެވެ. 

your imageރާއްޖޭގެ މެޓުން އާންމުކޮށްފައިވާ ފޮޓޯ:

ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް ރާއްޖޭގެ މެޓުން ބުނެއެވެ. 

"ހުރިހާ ފާރާތްތަކުން، ހާއްސަކޮށް ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވަން،"

 

47%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް