ads
ރައީސް ނަޝީދު އަދި ފައްޔާޒް
ނަޝީދާއި، ފައްޔާޒު އަނެއްކާވެސް ކޯޅުމަކަށް: މިފަހަރު ފައްޔާޒު ވެސް ދުލެއް ނުކުރި!
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަނެއްކާވެސް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ.
Advertisement

މިފަހަރުވެސް މި ބަހުސްތައް ހިނގާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައެވެ. އެ ގުރޫފްގައި މި ދެބޭފުޅުން ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާފައިވާތަން ފެންނަ ސްކްރީން ޝޮޓްތަކެއް މިހާރު ލީކުވެފައިވާއިރު، މައުލޫމާތު ލިބޭ ގޮތުން މި ބަހުސް ފެށިފައިވަނީ ރައީސް ނަޝީދު ފައްޔާޒަށް ރައްދުވާގޮތަށް ގުރޫޕްގައި ލިޔުްވާފައިވާ މެސެޖަކާއި ގުޅިގެންނެވެ.

އެގޮތުން މިނިސްޓަރ ފައްޔާޒް ފޮރުވުމަށް ކުރައްވާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަލާކުވާނެ ކަމަށް ރައީސް ނަޝީދުގެ މެސެޖްގައި ބުނެފައިވެއެވެ. 

އެކަމަށް ރައްދުދެއްވާ މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވަނީ އެމަނިކުފާނު ފޮރުވަން ނުޖެހޭނެ ކަމަށާއި، މީހަކު އެއްޗެއް ބުނާއިރަށް އެކަމުގައި ރައީސް ނަޝީދު ތެދުވެވަޑައިގަންނަވަން ނުޖެހޭކަމަށެވެ.

"އަޅުގަނޑުމެން ލައިގެން ތިބެވޭނީ ވަކިވަރަކަށް. މި ސުކުންތައްވުރެ ދުރަށް އަމިއްލަ ސަލާމަތަށް ނުބައްލަވަން" މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެއެވެ. 

އެޔާއިއެކު ރައީސް ނަޝީދު ވަނީ އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށްކަމަށާއި ފައްޔާޒާއި ދެކޮޅަށް ތެދުވުމަށް ލަދުގަންނަކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ރައްދައް ފަހުވެސް މިނިސްޓަރު ފައްޔާޒު ރައްދުދެއްވާފައިވާއިރު، މިއީ މިކަހަލަ ގޮތަކަށް ފައްޔާޒް ރައީސް ނަޝީދަށް ރައްދުދެއްވި ފުރަތަމަ ފަހަރުއެވެ. ނިކުމެ ހުންނެވީ އެމްޑީޕީ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ފައްޔާޒް ވަނީ މިއީ އެނާގެ ވެސް ގައުމުކަމަށް ވިދާޅުވެ ރައްދުދެއްވާފައެވެ. އެހެންކަމުން ގައުމުގެ ކަންކަމާމެދު އެމަނިކުފާނުވެސް ބަސް ވިދާޅުވާނެކަމަށާއި، އެކަން ހުއްޓުވޭނެ އެހެން ބޭފުޅެއް ނުހުންނާނެކަމަށް ވިދާޅުވިއެވެ، 

އެވާހަކަަތަކަށްފަހުވެސް ބަހުގެ ހަމަލާތައް ނުހުއްޓި ކުރިއަށް ގޮސްފައިވާއިރު، ފައްޔާޒުގެ ވާހަަކަތަކަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމަކީ ކާކުގެ ގައުމެއްކަން އޮޅިވަޑައިގެން ނޫޅުއްވާކަމަށާއި ވާހަކަދެއްކެވީ ފައްޔާޒް އަމިއްލައަށްކަމަށެވެ.

އެޔާއިއެކު މިނިސްޓަރު ފައްޔާޒް ވަނީ އާންމުންނަށް ފެންނަގޮތަށް ބަހުސްއަކަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ދައުވަތު އަރުވާފައެވެ. ރައީސް ނަޝީދު އެ ދައުވަތު ގަބޫލުކުރައްވާ ވިދާޅުވެފައިވަނީ، މާދަމާވެސް ބަހުސްއަށް ވަޑައިގަންނަވަންވީ ކަމަށެވެ. އަދި އެކަމަށް ރައީސް ނަޝީދު ސަޖެސްޓް ކުރެއްވި މީޑިއާއަކީ ޕީއެސްއެމް އެެވެ. 

އެހެންނަމަވެސް ޕީއެސްއެމް އެކަނި ކަމުނުދާނެ ކަަމަށް ވިދާޅުވެ، ފައްޔާޒް ވަނީ ހުރިހާ މީޑިއާއަކަށް ދައުވަތު ދެއްވުމަށް އެދިފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ބޭނުންވީ ޕީއެސްއެމް ހިޔާރުކުރުމަށެވެ. އަދި އެކަން ހަމަޖެއްސެވުމަށް ހަސަން ލަތީފަށް ދަންނަވާފައިވާނެކަމަށް ވިދާޅުވިއެވެ. 

އެޔަށްފަހު މިނިސްޓަރު ފައްޔާޒު ވަނީ މަޖިލީހުގައި ކަންކުރައްވާ ގޮތަށް ކަން ނުކުރައްވާ "ހަޖަމް" ކުރަން އެނގިވަޑައިގަންނަވަން ވާނެ ކަމަށާއި، ފުރުސަތުވެސް ދެއްވަން ވާނެ ކަމަށް ވިދާޅުވެފައެެވެ. އެކަމަށް ރައީސް ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ލީކުވެފައިވާ ސްކްރީން ޝޮޓްތަކަށް ބަލާއިރު މައުލޫމާތު ލިބިފައިވެއެވެ

އެހެންކަމުން މާދަމާ މިނިސްޓަރު ފައްޔާޒާއި ރައީސް ނަޝީދުގެ ބަހުސް ޕީއެސްއެމްއިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ކުރިންވެސް ރައީސް ނަޝީދު ތަކުރާރުކޮށް މިނިސްޓަރު ފައްޔާޒަށް ތުހުމަތުތައް ކުރައްވަމުން ގެންދަވާއިރު މިނިސްޓަރު ފައްޔާޒު ދަނީ ތަކުރާރުކޮށް އެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އަދި އެމަނިކުފާނު ރައީސް ނަޝީދަށް އިހްތިރާމް ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިފަދަ ގޮތަކަށް ރައީސް ނަޝީދަށް ފައްޔާޒް ރައްދުދެއްވި މިއީ ފުރަތަމަ ފަހަރުވެސް މެއެވެ.

ފައްޔާޒަށް ރައީސް ނަޝީދު ތުހުމަތުތައް ކުރެއްވި ނަމަވެސް ރައީސް ސޯލިހް ވަނީ މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ފައްޔާޒުގެ މައްޗަށް އެކި ތުހުމަތުތައް ކުރި ނަމަވެސް އެކަން އޮބިގެންދަނީ ރައީސް ސޯލިހް އެމަނިކުފާނު ދިފާއު ކުރައްވާތީއެވެ. 

87%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް