ads
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް އާއި ރައީސް ނަޝީދު--
އޭސީސީ އާ މެދު ނަޝީދު ހިތްހަމަނުޖެހެނީ 444 ރުފިޔާ މައްސަލާގައި: ހައިލަމް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަ ހިތްހަމަޖެހިވަޑައިނުގަންނަވާނީ އޭސީސީން ރައީސް ނަޝީދު 444 ރުފިޔާ ދެއްކުމަށް އެންގި މައްސަލައާ ގުޅިގެން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލަމް މިހެން ވިދާޅުވެފައިވަނީ އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ މަގާމުން ވަކި ކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ތާއީދެއް ނުލިބުނު ކަމަށް ނޫހަކުން ލިޔެފައިވާ ހަބަރު ހިއްސާ ކުރަމުންނެވެ.

އެގޮތުން އޭސީސީ އާމެދު ރައީސް ނަޝީދު ހިތްހަމަޖެހިވަޑައިނުގަންނަވަނީ 444 ރުފިޔާގެ މައްސަލާގައި ކަމަށް ބުނެ، ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގައި ރައީސް ނަޝީދު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބެލުމަށް ހައިލަމް އޭސީސީއަށް ގޮވާލާފައިވެއެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލާގައި ދައުވާ ނުކުރަން ދެ ވަނަ ފަހަރަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެން ރައީސް ނަޝީދު އިއްޔެ ވަނީ ޕީޖީ ޝަމީމް އަދި އޭސީސީ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގޮވާލައްވާފައެވެ. 

ހައިލަމްގެ ޓުވީޓުގައި ފާހަގަ ކޮށްފައިވާ 444 ރުފިޔާގެ މައްސަލައަކީ، ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި އަރިހުގައި އުޅުއްވި ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް އޭސީސީން މަޖިލީހަށް އެންގި މައްސަލަ އެވެ. 

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށް ފަހު ކޫއްޑޫއިން މާލެ އައުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުފުޅު ކުރެއްވުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ފަހު އެކަން ކޮމިޝަނަށް އެންގުމަށް އޭސީސީން ވަނީ މަޖިލީހަށް އަންގާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް