ads
މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝިދަށް ރޯގާ ޖެހިފައިވާތީ މެމްބަރުން ސަމާލުވުމުވަށް އެދިއްޖެ
މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ރޯގާ ޖެހިފައި ވާތީ މިކަމަށް ސަމާލު ވެގެން އުޅުމަށް ހުރިހާ މެމްބަރުންގެ ފަރާތުން ނަޝީދު އެދިވަޑައިގަނެފި އެވެ.

ރައީސް ނަޝީދު މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ އެމަނިކުފާނަށް ރޯގާ ޖެހިފައި ވާތީ މިދިޔަ ހޮނިހިރު ދުވަހު ކޮވިޑު ޖެހިފައިވޭތޯ ބެލުމަށް ޓެސްޓު ހަދާފައި ވާނެ ކަމަށާއި، ނަމަވެސް ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

އެހެންކަމުން މި ރޯގާ އަކީ މޫސުމީ ކަމެއް ކަމަށް ބެލެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަމަވެސް މިކަމަށް ސަމާލުވެ ހުރިހާ މެމްބަރުން ވެސް އެމަނިކުފާނާ، އެހާ ގާތް ނުވުމަށާއި، ނޭވާ ފޯރާ ހިސާބުގައި ނޫޅުމަށް ވެސް އިސްތިމާސްކުރެއްވި އެވެ. އަދި އެންމެ ބުއްދިވެރި ގޮތަކީ އެމަނިކުފާނުގެ ގަޔަށް ބަލާވެސް ނުލުން ކަމަށް ވިދާޅުވިއެވެ. 

ކޮވިޑަށް ނެގެޓިވްވުމުން ނަޝީދު މަޖިލީހަށް ވަޑައިގެންނެވިއިރު ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ބޭފުޅަކު ލިބިވަޑައިގެންނެވުމަށް ފަހު، ގަދަވެ މިއަދުގެ ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ނެރުނު ރިޕޯޓާއި ގުޅިގެން މިއަދު ރައީސް ނަޝީދު ވަނީ ނޫސްވެރިންނާއި ވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް