ads
މިނިސްޓަރު އައިޝަތު ނަހުލާ---ފޮޓޯ: ވަން އޮންލައިން
ޓްރާންސްޕޯޓު މިނިސްޓްރީގެ އައިޓީ މުވައްޒަފުން އިސްތިއުފާ ދީފި
ޓްރާންސްޕޯޓު މިނިސްޓްރީގެ އައިޓީ ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އިސްތިއުފާ ދީފި އެވެ.
Advertisement

އިތުބާރު ހުރި މަސްދަރަކުން ސީއެންއެމްއަށް މައުލޫމާތުދެމުން ބުނެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އައިޓީ ޑިޕާޓްމެންޓުގައި މަސައްކަތް ކުރަނީ ދެ މުވައްޒަފުން ކަމަށެވެ. އަދި މިހާރު އެ ދެމީހުން ވެސް ވަނީ މަގާމުން އިސްތިއުފާ ދީފައި ކަމަށެވެ.

އެކަކު އިސްތިއުފާ ދިންތާ މިހާރު އެއްމަސް ވެފައިވާއިރު އަނެކަކު އިސްތިއުފާ ދިނީ ނޯޓިސް ވެސް ނުދީ ކަމަށް ބުނެ އެވެ. އައީޓީ ޑިޕާޓްމަންޓްގައި މަަސައްކަތްކުރަނީ ދެ މުވައްޒަފުން ކަމަށް ވެސް ބުނެ އެވެ.

އެ މުވައްޒަފުން އިސްތިއުފާ ދީފައިވަނީ 18 ވެހިކަލްގެ މައްސަލައާ ގުޅިގެންނާއި ސިސްޓަމް ތެރޭގައި ވަރަށް ގިނަ މައްސަލަތައް ދިމާވާތީ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެމީހުންނަށް އިސްތިއުފާދޭން މަޖުބޫރުކުރި ކަމުގެ ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިސްޓަމް ތެރޭގައި ބަދަލުތައް ގެންނަނީ އެތަނުގައި ހުންނަ އައިޓީ ކޮންސަލްޓަންޓަށް ވެސް ނޭނގި ކަމަށެވެ. އަދި ދަންވަރު އެކި މަސައްކަތް ކުރުމާއި އޮފީސް ގަޑިން ބޭރުގައި ގޮތް ނޭނގޭ އެކިއެކި މަސައްކަތްތައް އެ މިނިސްޓްރީގައި ކުރަމުން އަންނަ ކަމަށް ވެސް ބުނެ އެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ އިސް މަގާމުގައި ތިއްބަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ބުނެ އެވެ.

އެހެންނަމަވެސް މި ތުހުމަތުތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވަނީ ދޮގު ކުރައްވާފަ އެވެ.

14%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
59%
ވަރަށް ސަލާމް
ކޮމެންޓްސް