ads
ނިއާ---
ދިވާލީ އަށް ނިއާ ޝަރުމާ ލި ހެދުމުގައި އަލިފާން ރޯވެ އަނދައިފި
ދިވާލީ ފާހަގަކުރުމަށް ނިއާ ޝަރުމާ ލި ހެދުމުގައި އަލިފާން ރޯވެ، އަނދައިފިއެވެ.
ދިވާލީ ފާހަގަކުރުމަށް ނިއާ ޝަރުމާ ލި ހެދުމުގައި އަލިފާން ރޯވެ، އަނދައިފިއެވެ.

ނިއާ ބުނީ އެހާދިސާ ހިނގާފައިވަނީ ދިޔާ (ދިވާލީގައި އިންޑިއާ މީހުން އަލިފާން ރޯކުރާ އެއްޗެއް)ގެ ބާރުގަދަކަމުން ކަމަށެވެ. އަދި އެހާދިސާގައި އޭނާ ސަލާމަތްވީ އެ ލެހެނގާގެ ފަށަލަތައް ގިނަ ކަމުން ކަމަށް ނިއާ ވަނީ ބުނެފައެވެ.

އުމުރުން 28 އަހަރުގެ ނިއާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ" ގައި މާންވީގެ ރޯލުންނެވެ، އޭނާ ވަނީ ކަލާސް ޓީވީން މިހާރު ދައްކަމުން އަންނަ "އިޝްހް މޭ މަރްޖާވާން" ގައި އާރޮހީގެ ރޯލުން ވެސް ފެނިގެންގޮސްފައެވެ.

އޭގެ އިތުރުން ނިއާ ވަނީ ވެބްސީރީޒަކުން ވެސް ފެނިގެންގޮސްފައެވެ. އަދި ޓީވީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނިއާއަށް އެދާއިރާއިން ބޮޑެތި ކާމިޔާބީތައް ވެސް ލިބިފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް