ads
ޑރ. މުއިއްޒުގެ ހިދުމަތަށް އަވަސް ކަޅިއެއް-
ޑރ. މުއިއްޒުގެ ހިދުމަތައް އަވަސް ކަޅިއެއް!
ޑރ. މުހައްމަދު މުއިއްޒުއޭ ދެންނެވުމުން މިއީ ކޮން ބޭފުޅެއްކަން ނޭގޭނެ ފަރުދަކު އަޅުގަނޑުމެންގެ ތެރޭގައި ނުހުންނާނެކަން ގައިމެވެ. މިހާތަނަށް ހައުސިން މިނިސްޓްރީގެ ވަޒީރެއްގެ ހައިސިިއްޔަތުން އެންމެ ގިނަ މަޝްރޫއުތައް ހިންގެވި އެއް ބޭފުޅަކީ އެ މަނިކުފާނެއެވެ.

މާލޭގެ މަލަމަތިން މި ފެންނަ ރީތިކަމާއި ނޭޅޭނެ ކަމަށް ބުނެ ފާޑުކިޔަމުން އާ ބްރިޖްގެ މަސައްކަތްވެސް ފާޑުކީ ފަރާތްތައް ބަލަންތިއްބާ އަޅާ ނިންމާލީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒުގެ ވަޒީރުކަމުގެ ދަށުންނެވެ. 

މާލޭގެ ހަލަބޮލި މާހައުލުން ތަގައްޔަރުވެފައިވާ ކެމެކަލްގެ ދުމުގެ ތެރެއިން ސާފުވައިކޮޅެއް ނުލިބިވަނިކޮށް ހިތް ފަސޭހަކޮށްލާ ނުސާފުވައިން ސަލާމަތްވެ، ގަދުރަތީ ވައި ރޯޅިތަކުގެ ފިނިކަން ގެނެސްދޭ ބީޗްތަކާއި މައިޒާންތަކުގައި މަޑުކޮށްލާ އާއިލާއާއިއެކު ކުޅެ މަޖާކޮށްލާނެ ހިތްފަސޭހަ މާހައުލުތަކެއްގެ ގޮތުގައި ފިނި މައިޒާންތަކާއި، ރަސްފަންނުތައް ތަރައްގީ ކުރެއްވީވެސް ހަމަ ޑރ.މުއިއްޒުގެ ވަޒީރުކަމުގެ ދަށުންނެވެ.

ޑރ. މުއިއްޒު އުފަންވެވަޑައިގަތީ 1978ވަަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މާލެއަށް އުފަން މ.ދިމްޔާތް ޑރ. މުހައްމަދު މުއިއްޒު އަކީ ތައުލީމްއަށް ލޯބިކުރައްވާ، ސްކޫލް ދައުރުން ފެށިގެން ތައުލީމީ ހަޔާތް ނިންމަވާލެއްވުމާއި ހަމަުޔަށް އެ ރޮގުން ބޮޑެތި ކާމިޔާބީތަކެއް ހޯދަވާފައިވާ ބޭފުޅެކެވެ. 

އަބަދުވެސް "އޭ" ރިޕޯޓުގެންނަވާ ޑރ. މުއިއްޒުގެ ތައުލީމީ ހަޔާތުގައި ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދަވާފައެވެ. ފަހުރުވެރި ކާމިޔާބީތަކުކުން އޭލެވެލް ނިންމާލުމަށްފަހު އެންމެ ފުރަތަމަވެސް މަސައްކަތުގެ މާހައުލަށް ނިކުންނަން ލިބުނު ފުރުސަތުގައި ޑރ. މުއިއްޒު އިހްތިޔާރު ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީއެވެ. ޑރ.މުއިއްޒުގެ މުޅި މަސައްކަތުގެ ހަޔާތް ހައުސިންގް ދާއިރާއިން ފެނިގެންދިޔަ ނަމަވެސް އެންމެ ތުއްޕުޅު ދުވަސްވަރުވެސް އަދި ސްކޫލް ދައުރު ނިންމާލިއިރު ވެސް ކުރިއަށްދާން ވަކި ދާއިރާއެއް ކަނޑައަޅާފައެއް ނުވެއެވެ. ހައުސިން އާއި ކޮންސްޓްރަކްޝަންގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ  ކޮންސްޓްރަކްޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެމަނުކުފާނުގެ ފުރަތަމަ ވަޒީފާ ހަމަޖެހިގެންދިޔައީ ފިޒިކަލް ޕްލޭނިން ސެކްޝަންއިން އެވެ. އެމަނިކުފާނުގެ ފުރަތަމަ މަސައްކަތަކަށްވީ ވެސް ޕާކުތައް ކުރެހުމާއި ޑިޒައިން ކުރުމެވެ. އެދުވަސްވަރު ތަރައްގީ ކުރވިގެންދިޔަ ޕާކުތަކާއި، ހާއްސަކޮށް މިހާރުވެސް ފެންނަ އެހުރި މަޝްހޫރް އާޓިފިޝައަލް ބީޗު ތަރައްގީކުރުމަށް ކުރެހި ޑިޒައިންތަކުގެ ފަހަތުގައިވެސް އޮތީ ޑރ.މުއިއްޒުގެ މަސައްކަތްތަކެވެ. 

"އެތަނުގަ ހިނގަނީ ޕާކުތައް ކުރެހުމާއި މިކަހަލަ ކަންތައްތައް. އެހެންވީމަ ފުރަތަމަވެސް މި ވަދެވުނީވެސް އޭގެ ތެެރެއަށް. އެރުގަ މިހާރު މިހުންނަ ތާޖުއްދީން ސްކޫލެއްވެސް ނުހުރެ. ކުރީގެ ތާޖުއްދީން ސްކޫލް މިހުންނަނީ. ދެން އެތަނުގަ ޕާކެއް ހަނދަންވެސް އަޅުގަނޑު ލައްވާ ކުރެހި. ދެން ގޮސް އާޓިފިޝަލް ބީޗުވެސް އޭރު ނަހަދާ. ހިތްކާފަ އޮތީ. ދެން އާޓިފިޝަލް ބީޗު ހަނދަންވެެގެން އޭރުގަ އެ މިނިސްޓްރީން އޭރު ކުރެހި ކުރިހުންތައް އަޅުގަނޑު އޭރު ބައިވެރިއަކަށް ވެގެންދިޔައީ. އެހެންގޮސް ޕާކުތައް ޑިޒައިން ކުރުމާއި ކުރެހުމުގެ މި ޓްކްނީޝަނެއްގެ ގޮތުގައި މި މަަސައްކަތްކުރީ. އެހެންވީމަ ދަސްކޮށްގެން އެތާ ތިބި އިސް ބޭފުޅުން ދަސްކޮށްދީގެން އެކަމުގެ ތެރެއަށް ވަދެވުނީވެސް" ޑރ. މުއިއްޒު ވިދާޅުވިއެވެ

މިއީ އެމަނިކުފާނު މިކަމުގެ ތެރެއަށް ޝައުގުވެރިކަން އުފެދިގެން އާ ގޮތެވެ. ޝައްކެތްނެތެވެ. މާލޭގެ މަލަމަތިން މިފެންނަ ކުލަ ބަރީގެ ރީތިކަމާއި، ހިތްފަސޭހަ މައިޒާންތަކުގެ ނަލަކަން ކުރެހިގެން ޑިޒައިން ކުރެވި އެ ކުރެމުހުގައި ކުލަޖެހިގެން އައިސް ހަގީގަތަކަށް ފެންނަން މިހުރި ހިތްފަސޭހަ މީގެ ކުރިން ނުފެންނަފަދަ ތަފާތު ކޮންސެޕްޓްތަކުގެ ޕާކުތަކާއި މައިޒާންތައް ކުރެހިގެން މިއައީ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން މިކަމަށް ފައްކާވެ ތަރުބިއްޔަތުވަމުން އާ ތަޖުރިބާހުރި ބޭފުޅެއްގެ ފަންސުރުގެ ތުޑުން ކަމުން މިތަންތަން ތަރައްގީވެފައިވާލެއް ފުރިހަމަކަމާއި އަވަސް މިނާއިމެދު މިއުފެދޭ ސުވާލަށް ޖަވާބު ލިބިގެން ހިގައްޖެއެވެ. 

ޑރ. މުއިއްޒުގެ ހިންގުންތެރިކަމާއި ދުރުވުސްނުންފުޅު ހުރި މިންވަރު މިކަންކަމުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ވަޒީފާއެއްގެ ގޮތުން އަދާކުރައްވަމުން ގެންދަވަނިކޮށް އެދާއިރާއަށް އުފެދުނު ޝައުގުވެރިކަމުގެ ތެރެއިން އިތުރަށް ތައުލީމް ހާސިލްކުރަން ބޭނުންފުޅުވާތީ އޭރު ލިބުނު ސްކޯލާޝިޕްތަކުގެ ބޭނުން ކުރައްވާ އިތުރު ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. ސްކޫލްދައުރުގައި ތައުލީމީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދަވާފައިވުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގެ ޓޮޕް 5 ގައި ހިމެނޭ ޔޫސީއެލް ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގެ ސްކޮލާޝިޕެއް ކާމިޔާބު ކުރައްވާ ސިވިލް އިންޖިނިއަރިންގެ ކޯހުގައި ޔޫކޭއަށް ފުރާވަަޑައިގަތެވެ. އެ ކޯހުންވެސް އެންމެ ރަނގަޅު ނަތީޖާއެއް ދެއްކި ބޭފުޅެއްގެ ގޮތުގައި ވެވަޑައިގަތީވެސް އެމަނުކުފާނެވެ. 

ތައުލީމީ ހަތްފުޅަށް ބަލާއިރު، 1995 ވަނަ އަހަރު ގްރޭޑް ނުވައަކުން ނުވަ މާއްދާއިން ޑިސްޑިކްޝަންއާއިއެކު އެއަހަރު މުޅި ރާއްޖެއިން ޑރ. މުއިއްޒު ވަނީ 1 ވަނަ ހޯއްދަވާފައެވެ. އޭގެ ފަހުން 2001 ވަނަ އަހަރުން ފެށިގެން 2002 ވަނައަހަރާއި ހަމަޔަށް ޔުނިވާސިޓީ އޮފް ލަންޑަންއިން ޔޫކޭއިން ސްޓަރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ އަދި މާސްޓާސްވެސް ހާސިލްކުރެއްވިއެެވެ. އަދި 2009ވަނަ އަހަރު ޔުނިވާސިޓީ އޮފް ލީޑްސްއިން ސުވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީވެސް ހާސިލްކުރެއްވިއެވެ. ޑރ. މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ކުރާކަމަކުން އެންމެ ރަނގަޅު ނަތީޖާ ނެރުމާއި އެއްވަނަ ހޯދުމަކީ އެންމެ ކުޑައިރުން ފެށިގެންވެސް އެމަނުކުފާނުގެ ފިލޯސަފީއެވެ. 

ޑރ. މުއިއްޒަކީ ސަރުކާރުގެ ހިދުމަތުގެ އިތުރަށް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ އާންމު ހިދުމަތުގެ ފެއްޓެވީ 1998 ވަނަ އަހަރު މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްގަ އެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި 10 އަހަރު މަސައްކަތްކުރެއްވި އެވެ.

ހައުސިން ޑިވެލޮޕްމަންޓު ބޯޑުގައި އެމަނިކުފާނު، މަސައްކަތް ފެއްޓެވީ 2002 ވަނަ އަހަރުގައެވެ. 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް އެ ބޯޑުގައި މަސައްކަތްކުރައްވައި އެ މުއްދަތުގައި އެ ބޯޑުން ރޭވި ގިނަ މަޝްރޫއުތަކެއް ފަރުމާކުރެއްވުމާއި، އެ މަޝްރޫއުތައް ތަންފީޒުކުރެއްވުމާއި، އެ މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ޑރ. މުއިއްޒު ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ.

އެކަން އެމަނިކުފާނު މަސައްކަތުގެ ހަޔާތްފުޅުންވެސް ފެނިގެންދެއެވެ. އެއަށްފަހު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ވިލާ ޝިޕިން ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމަށް ވަޑައިގެން އެ ކުންފުނީގައި މަސައްކަތްކުރެއްވުމަށްފަހު 2012 ވަނަ އަހަރުގައި އެމަނިކުފާނު ވަޑައިގެންނެވީ ވަޒީރުކަމަށެވެ. އެހިސާބުން ފެށިގެން އެމަނިކުފާނުގެ ޤައުމީ ޚިދުމަތް ކުރިއަށްވުރެ ހަލުއި ދުވެލީގައި ފެނިގެންދިޔައެވެ

ސިޔާސީ ގޮތުން އުފެދުނު ހަމަ ނުޖެހުންތަކުގައި 2012ވަނަ އަހަރު އޭރުގެ އެމްޑީޕީގެ ސަރުކާރު ފޮރޮޅިގެންދިޔައިރު، ވެރިކަމުގައި ހުންނެވި ރައީސް ވަހީދުގެ ކެބިނެޓުގައި ހައުސިން މިނިސްޓްރީއާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގަތީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ރައީސް ވަހީދުގެ ވެރިކަން ކުރެއްވި ކުރު މުއްދަތުގައިވެސް ހަވާލުކުރެއްވި މަސައްކަތްތައް ކުރައްވަމުން ގެންދަވަނިކޮށް 2013ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތެވެ. ޑރ. މުއިއްޒުގެ ހުނަރުވެރިކަމާއި ވަޒީރުގެ ކޯޓަށް އެންމެ ރަނގަޅަށް ފެތިގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޔާމީންގެ ފަސް ދައުރުގައި މާލޭގެ ތަރައްގީއަށް ހިންގި ބޮޑެތި މަޝްރޫއުތަކާއިއެކު ހައުސިން މިނިސްޓްރީގެ ވަޒީރެއްގެ ގޮތުން ޑރ. މުއިއްޒުގެ ގާބިލުކަން ފެނިގެންދިައެވެ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކުލަ ބަރިއަށް އެޅުނު ފްލެޓްތަކާއި ފެހިކަންގަދަ ޕާކުތަކުން ފެށިގެން ދިވެހިގެން ރަށްފުށުގެ ދިރިއުޅުން މި ހަލަބޮލި މާލެސިޓީންއިން ތަޖުރިބާކޮށްލެވޭ ގޮތަށް ބީޗުތަކާއި މައިޒާންތަކުގެ އެ ހިތްގައިމު މާހައުލު ތަރައްގީ ކުރެވިގެން ދިޔައީ އެމަނިކުފާނުގެ ވިސްނުންތެރި ސިކުޑިފުޅުން ފުރޭނި ހެނދިގެން އާ ޕްލޭންތައްވެސް އެކުވެ، އެމަަނިކުފާނުގެ ވަޒީރުކަމުގެ ދަށުންނެވެ. މީގެ އިތުރުންވެސް"ކޮންކްރީޓް ތަރައްގީ" ގެނެސްދިންކަމަށް ވިދާޅުވާ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް ދައުރުގެ ތެރޭގައި މާލޭގެ މަލަމައްޗާއި މާލޭސިޓީއަށް ގެނެސްދިން ކުލަގަދަ އަދި އަޑުގަދަ ތަރައްގީ ގެނެސްދިނުމުގައި ހައުސިން މިނިސްޓްޜިގެ ވަޒީރުކަމުގައި ހުންނަވައިގެން ޑރ. މުއިއްޒު ކުރެއްވި މަސައްކަތުގެ ދައުރު ބޮޑެެވެ. 

އޭގެ އެއްހަކަކީ އޭރު ގެނެސްދިނީ ކޮންކްރީޓް ތަރައްގީއޭ ބުނެ އަޑުއުފުލި އެމްޑީޕީގެ ސަރުކާރުގެ 2 އަހަރު ނިމިގެންދިޔައިރުވެސް މާލޭ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން ކޮށްދިން ކަންތަކުގެ ގޮތުގައިވެސް މުޅިންވެސް ފެންނަނީ މި ކޮންކްރީޓް ތަރައްގީގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުގައި ހެނދި މައިޒާންތަކުގެ ނަކަލްތައް ކަމަށްވުން މި ސަރުކާރުން ވެސް ސަރުކާރާއި ހަވާލުވުމަށްފަހު އެންމެ ބޮޑަށް އިސްކަންދިނީ ރައީސް ޔާމީންގެ ވެރިކަމުގައި މާލޭސިޓީގައި ތަރއްގީކުރި މައިޒާންތައް ނަނގާ ހަމަ އެ ނަކަލުގައި އެފަދަ މައިޒާންތަކާއި ޕާކުތައް ހެނދުން ކަމަށްވުމުން ޑރ. މުއިއްޒުގެ ވަޒީރުކަމުގެ ދަށުން ގެންގުޅުވި ދުރު ވިސްނުންފުޅު ކަމުނުދާ ބޭފުޅަކު ހަމަ ނެތޭ ދެންނެވިދާނެއެވެ.

އޭގެފަހުން 2018 ވަނަ އަހަރު އޭރުގެ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރެއްވިއިރު ޑރ. މުއިއްޒު ވަޒީރުކަމުގައި ހުންނެވީ އޭރުގެ ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ސްލޮޓެއްގައެެވެ. އެ އަހަރު އިންތިހާބުގައި ރައީސް ޔާމީންއަށް ލިބުނު ނާކާމިޔާބީގައި، ޑރ.މުއިއްޒުގެ ވަޒީރުކަން ގެއްލިގެންދިޔަނަމަވެސް ޑރ. މުއިއްޒު އިހްތިޔާރު ކުރެއްވީ ނާކާމިޔާބީއަށް ފަހުވެސް ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނާއިއެކު ހުންނަވާށެވެ. އެގޮތުން އެމަނިކުފާނު ޕީޕީއެމްއާއި ގުޅިވަޑައިގަތީ ވެރިކަން ބަދަލުވި ދުވާހާއި ޖެހިގެން އާ ދުވަހު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެެ. 

އެމަނިކުފާނުގެ ހިދުމަތުގެ ދައުރު އަދި ވަޒީރު ކަމުގެ ހަތް އަހަރަކުން ނިންމަވާ ނުލައްވައެވެ. މާލޭ ސިޓީއަށް އުފަން ޑރ. މުއިއްޒުގެ ހިތުގައި ގައުމަށް އޮތް ލޯތްބާއި، އުފަން ރަށަށް އޭރު ލިބެމުންއާ ތަރައްގީގެ މަޝްރޫއުތައް މާލޭ ސަރަހައްދުން އަދިވެސް ފެންނަން އެމަނިކުފާނު އެދިލައްވައެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމި މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ދިއްލެމުން އާ ތަރައްގީގެ ކުރި ބޯށި މާލޭ ސިޓީގެ މަލަމަތިން ވަނީ ފަޑުވާން ފަށާފައެވެ. އޭރު ދިއްލިހާ ބައްތިތައް ނިވި މާލޭ ސިޓީގެ ތަރައްގީއަށް އަނެއްކާވެސް ފަސް އެޅެމުންދާތީ އެމަނިކުފާނު ވަނީ މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ. 

“އަޅުގަނޑު ވަރަށް ހިދުމަތްކުރާހިތްވޭ ގައުމު ތަރައްގީ ކުރުމުގަ ދެން އެންމެ ކުރީގައިވެސް އަޅުގަނޑު އަބަދުވެސް ބޭނުންވޭ ކޮންމެވެސް ފައިދާތަކެއް އަޅުގަނޑުގެ ސަބަބުން ވާން. ދެން އޭރު މިނިސްޓަރު ކަމުގެ ފުރުސަތު ލިބިގެން މަސައްކަތްކުރީ. ދެން މޭޔަރު ކަމަކީ ރައްޔިތުން އިންތިހާބުކުރާ މަގާމެއް މުޅިން ތަފާތު ގޮތަކަށް އަނެއްހެން ބުނަންޏާ މުޅިން ފިލްޑް އެބަ ބަދަލުވެގެންދޭ. މިނިސްޓަރު ކަމަކީ އިންތިހާބީ މަގާމެއް ނޫން އެއީ އޭރު ހުންނަ ރައީސްއަކު އަންޔަން ކުރާ ބަޔަކު މިނިސްޓަރު ކަމުގަ ތިބޭނީ އެހެންވީމަ އަޅުގަނޑުގެ އޭރުގަ ހުންނަ ރައީސް އަކު ހަވާލުކުރާ ކަމެއް އެންމެ ރަނގަޅަށް ކުރެވޭތޯ އަޅުގަނޑު ބެލީ. ހަމައެގޮތަށް އަޅުގަނޑު މިކުރިމަތިލަނީ ރައްޔިތުންގެ ވޯޓަކަށް އަޅުގަނޑު ހޮވައްވާ ދެއްވާފިނަމަ ދެން އަޅުގަނޑުގެ ވެރިޔަކަށް ވާނީ މާލޭ ރައްޔިތުން. އަޅުގަނޑު ޖަވާބުދާރީ ވާންޖެހޭނީ މާލޭ ރައްޔިތުންނަށް”ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަބަދުވެސް ކުރައްވާ ކޮންމެ ކަމެއްގައި އެންމެ ފުރިހަމަ ނަތީޖާ ނެރެން ބޭނުންވާ ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމާއި ހަވާލުވެވަޑައިގަންނަވަނީ ހަތަރު އަމާޒެއް ކުރިއަށް ނެރުއްވާގެންނެވެ. އޭގެ ތެރޭގައި ހިތްފަސޭހަ މަގުމައްޗާއި، ފުއްދުންތެރި ދިރިއުޅުމާއި، ޗާލު ޗާލު މާލެ ސިޓީގެ އިތުރުން، ބިންވެރި ރައްޔިތަކު ހިމެނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް