ads
ޕާތު އާއި ޒައިން---
ކަމުދަނީ ޕާތު ތަ؟ ނޫނީ ޒައިން ތަ؟
ޕާތު ސަމްތާނު އާއި ޒައިން އިމާމަކީ ޓީވީ އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ކުޅަދާނަ ދެ ފަންނާނުންނެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެދެފަންނާނުންނަކީ ވެސް ކާމިޔާބު ގިނަ ޝޯތަކުގައި މަސައްކަތް ކޮށްފައިވާ ފަންނާނުންނެވެ.
ޕާތު ސަމްތާނު އާއި ޒައިން އިމާމަކީ ޓީވީ އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ކުޅަދާނަ ދެ ފަންނާނުންނެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެދެފަންނާނުންނަކީ ވެސް ކާމިޔާބު ގިނަ ޝޯތަކުގައި މަސައްކަތް ކޮށްފައިވާ ފަންނާނުންނެވެ.

އުމުރުން 28 އަހަރުގެ ޕާތު ޓީވީ އިންޑަސްޓްރީގައި ފުރަތަމަ މަސައްކަތްކޮށްފައިވަނީ ލައިފް އޯކޭ އިން އަންނަ "ސާވްދާން އިންޑިއާ"ގެ އެޕިސޯޑުތަކުންނެވެ. އެއަށްފަހު އެމްޓީވީއިން ދެއްކި "ވެބްޑް" އާއި "ބިންދާސް" އާއި "ޔޭ ހޭ އާޝިގީ" އަދި ޒިންގް އިން ދެއްކި "ޕިޔާރް ތޫނޭ ކިޔާ ކިޔާ" އިން ވެސް ޕާތު ވަނީ ފެނިގެން ގޮސްފައެވެ.

އޭނާ އެންމެ ފުރަތަމަ ލީޑު ރޯލުން މަސައްކަތް ކުރީ "ބެސްޓް ފްރެއިންޑްސް ފޯރް އެވާ" އިންނެވެ. އެއަށްފަހު އޭނާ ވަނީ "ކޭސީ ޔޭ ޔާރިޔަން" އިން ފެނިގެންގޮސްފައެވެ. އޭނާ ވަނީ އެޝޯގެ ތިން ސީޒަނުންވެސް ފެނިގެންގޮސްފައެވެ.

ޕާތު ވަނީ ބޮލީވުޑު ފިލްމު "ގޫގްލީ ހޯ ގައީ" ގައި ވެސް މަސައްކަތް ކޮށްފައެވެ. ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ: ޒިންދަގީ ކޭ" ގައި އަނޫރާގުގެ ރޯލުން ވެސް ފެނިގެންދާ ޕާތު އެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ އުމުރުން 31 އަހަރުގެ ޒައިން ވަނީ ޓީވީ ކެރިއަރު ފެށުމުގެ ކުރިން އިސްތިހާރުތަކުން ފެނިގެންގޮސްފައެވެ. އޭނާ ޓީވީ ކެރިއަރު ފަށާފައިވަނީ 2014 ވަނަ އަހަރު "ކޭސީ ޔޭ ޔާރިޔަން" އިންނެވެ.

އެއަށްފަހު އޭނާ ވަނީ 2015 އިން 2016 އަށް "ތަޝަން އީ އިޝްގް" ގައި މަސައްކަތްކޮށްފައެވެ. އަދި 2016 އިން 2017 އަށް "ޔޭ ވާދާ ރަހާ" ގައި ވެސް ޒައިން ވަނީ މަސައްކަތްކޮށްފައެވެ.

އޭނާ ވަނީ ސްޓާ ޕްލަސް އިން ދެއްކި ތިން ޝޯއެއް ކަމަށްވާ "އިޝްގްބާޒް" އާއި "ނާމްކަރަން" އަދި "އެކް ބްރަމް ސަރްވަގުން ސަންޕަންނަ" ގައި ވެސް މަސައްކަތްކޮށްފައެވެ.







0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް