ads
ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެހިޔާގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި
ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ވިލިމާލޭގައި ހަދާފައި ހުންނަ ކުޑަކުދިންގެ ހިޔާގައި ރޭ ބޮޑު ހަމަނުޖެހުމެއް ހިންގައިފި އެވެ.

ރޭގަ ކުޑަކުދިންގެ ހިޔާގައި ހާދިސާއެއް ހިނގާފައިވާކަން ޖެންޑާ މިނިސްޓަރީއިން ވަނީ ސީއެންއެމްއަށް ކަޝަވަރުކޮށްދީފަ އެވެ. އަދި މިހާރު ކުޑަކުދިންގެ ހިޔާ ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް ވެސް ޖެންޑާއިން ބުނެ އެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި  ހިޔާގައި ތިބި ކުދިން ވަނީ، އެތަަނުގެ ފަރުނީޗަރާއި އެހެން ތަކެއްޗަށް ގެއްލުން ދީފަ އެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި 10 ކުއްޖަކު އެތަނުން ފިލައިގެން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް ފަހުން އެ ކުދިން ގެނައި ކަމަށާއި ނަމަވެސް ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެއް ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާ އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ.

އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ބައިތިއްބާ ހިޔާގައި 29 ކުއްޖަކު އުޅެ އެވެ. ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި އެ ކުދިން ބަލަހައްޓަން ތިބޭ މީހުން، ކުދިންނާ ދިމާއަށް އެއްޗެހި ކިޔައި، ނަފުސާނީ އަނިޔާ ދޭ ކަމަށް ބުނާ މައްސަލައެއް ވަރަށް ފަހުން ވަނީ ފެންމަތިވެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް