ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
ހުރިހާ ކަމެއްގައިވެސް އޮތީ ކޮޅެއްގައި ޖެހެންދެން މަސައްކަތްކުރުން
ހުރިހާ ކަމެއްގައިވެސް އޮތީ ކޮޅެއްގައި ޖެހެންދެން މަސައްކަތްކުރުން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެން ނޫހަކުން ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުންނެވެ. 

އެއީ 2017 ވަނަ އަހަރު މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީގައި މަރުވެފައިވާ ވ. ކެޔޮދޫ/ ދޭލިޔާގެ މޫސާ އަހުމަދުގެ މަރުގެ މައްސަލައިގެ ސުޕްރީމް ކޯޓުގެ ޝަރީއަތެކެވެ.

މި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައިވަނީ އދ. މާމިގިލި/ ޝޭޑީގްރޯވް އިބްރާހީމް ސައްމާހު ފަތުހީ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން މި މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ނިންމުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. 

އޭގެ ފަހުން މި މައްސަލައިގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ގަޒިއްޔާއަށް ތާއީދުކޮށް މައްސަލަ ނިންމާފައެވެ. އެއާއެކު ދައުލަތުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދައުލަތާއި އެއްކޮޅަށް މި މައްސަލަ ނިންމާފައެވެ. އަދި މައްސަލައިގައި ދައުވާ ކުރާ ސަމާހުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ހިންގަންވާނެ މައްސަލައެއް ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން މި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއްގައިވެސް އޮތީ މިގޮތް ކަމަށާއި، އެއީ ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. 

ޝަމީމް ވިދާޅުވީ ބައެއް ފަހަރު ކުރިއަށް އަދި އަނެއްބައި ފަހަރު ފަހަތަށް ޖެހިލާފައިވެސް އޮތީ ކުރިއަށް ދިއުން ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް